ދުނިޔޭގެ ފެތުރެމުންދާ ނުރައްްކާތެރި ކޮވިޑް-19 އަށް ވައިރަހަށް  ދެ މީހަކު ޕޮޒިޓިވްވުމާ ގުޅިގެން ގައުމުގެ ހާލަތު، ޔެލޯ އެލާޓަށް މަތިކޮށްފަ އެވެ. އެއީ ދެވަނަ ލެވެލް އެވެ.

ޕޮޒިޓްވެފައިވަނީ ޅ. ކުރެއްދޫ އައިލެންޑް ރިސޯޓްގެ ދެ މުވައްޒަފުންނެވެ. އެ ދެ މީހުންނަކީ ވެސް ބިދޭސީންނެވެ.

މިވަގުތު ރާއްޖެ އޮތް ހާލަތަށް ވިސްނާ ބައެއް ފަރާތްތަކުން ކާޑުގެ ބާވަތްތައް ސްޓޮކް ކުރައްވާ ކަންފާހަގަ ކުރައްވާ އެސްޓީއޯގެ އެމްޑީ އަމްރު ވިދާޅުވެފައިވަނީ ހުސް ނުވާ ވަރަށް ކާޑު އެބަހުރިކަމަށާއި، ކޮންމެ ގެއެއް ކާޑު ގުދަނަކަށް ހަދަން ނުޖެހޭކަމަށެވެ. އަދި އާންމު ދިރިއުޅުމަށް ބުރުލެއް ނާރާނެ ކަމަށްވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން އަމްރު ވިދާޅުވީ ހޭންޑް ސެނެޓައިޒާ ދިނުން ވަނީ ހުއްޓާލާފަ ކަމަށެވެ. އެއީ އެއްކޮށް ހުޅުވާލައިފިނަމަ އާންމުން ބައިވަރު ގަނެއްޖެނަމަ ހުސްވެދާނެތީ، ގޭގެ ވިއްޔާ ސެނެޓައިޒާ މާ މުހިންމެއް ނޫން ކަމަށާއި އެ މުހިންމީ ވަކި ބަޔަކަށް ކަމުގައެވެ.ގޭގައި ސައިބޯނި ލައިގެން އަތް ދޮވުން ރަނގަޅު ކަމަށް ވަނީ ވިދާޅުވެފައެވެ. 

ފޭސް މާސްކު ވެސް ވަނީ ލިމިޓްކޮށްފަ ކަމަށް އަމްރު ވިދާޅުވިއެވެ. ބަލި ނުވާ މީހުން މާސްކު އަޅަން ނުޖެހޭ ކަމަށް ޑޮކްޓަރު ވެސް ލަފާދޭ، އެހެންވީމަ މާސްކު މުހިންމީ ބަލި މީހުންނަށެވެ.

އިންޑިއާއިން ބޭސް ލިމިޓް ކުރި ނަމަވެސް، ފޮރިން މިނިސްޓަރު ޝާހިދު ގެންދަވަނީ އިންޑިއާއާ ވާހަކަ ދައްކަވަމުން ކަމަށާއި، މިފަދަ ކަންކަމުގައި އިންޑިއާއިން ރާއްޖެއަށް ހާއްސަ ގޮތްތައް ގެންގުޅޭކަމަށް އަދި، ބޭސް ލިބޭނެ ކަމަށް ގަބޫލު ކުރެވޭ ކަމަށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.