މިރޭ ކުރެއްދޫ އައިލެންޑް ރިސޯޓްގައި ކޮވިޑް 19 އަށް ދެ މުވައްޒަފަކު ޕޮޒިޓިވްވުމާއި ގުޅިގެން، މޯލްޑިވްސް ޕޮލިސް ސާރވިސް، އެމްއެންޑީއެފް އަދި އެސްޓީއޯ ބާއްވާ ނޫސްވެރިންގެ ބައްދަލުވުމެއް ދާދި ދެންމެއަކު ކުރިޔަށް ގެންގޮއްސިއެވެ. 

އެސްޓީއޯގެ މެނޭޖިންގް ޑިރެކްޓަރ މިކަމާއި ގުޅިގެން ހާމަކޮށްފައިވާ ގޮތުއި ކޮވިޑް 19 ނުވަތަ ކޮރޯނާ ވައިރަސްއިން ސަލާމަތްމަށްވުމަށްޓަކައި އެޅިގެންދާނެ އެންމެ މުހިންމު އަދި އެންމެ ފަސޭހަ ގޮތަކީ ބޭރަށް ނުކުތުމަށްފަހު ގެޔަށް ވަންނަ ކޮންމެ ފަހަރަކު ރަނގަޅަށް ސައިބޯނި ލައިގެން އަތްދޮވުުން ކަމަށެވެ.

އަދި ސެނިޓައިޒަރ ފަދަ ތަކެތި އާންމުނަނަށް ދޫކުރުން މިވަގުތަށް މަޑުކޮށްލާފައިވީނަމަވެސް އެފަރާތުގައި ބޭނުންވާ ވަރަށް ރައްކާކުރެވިފައި ހުރިކަމަށެވެ. އަދި އެސްޓީއޯގެ ފާރމަސީ ތަކުން 2 ރުފިޔާއަށް މާސްކު މިހާރުވެސް ލިބެމުންދާނެ ކަމަށާއި އެ އަގަށް އިތުރު ބަދަލެއް ނާންނާނެކަމަށެވެ. 

އިތުރަށް އަމްރު ވިދާޅުވެފައިވާ ގޮތުގައި ކޮންމެ ގެއެއްގެ ކޮޓަރިތައް ކާޑު ގުދަނަށް ހެދުމުގެ ބަދަލުގައި ހާލަތާއި އެކަށީގެންވާ ވަރަށް މިތަކެތި ގަނެ ރައްކާ ކުރުމަށް އިލްތިމާސް ކުރެއެވެ. އަދި މި ބަލި ރާއްޖެއިން ފެނުނު ކަމުގައި ވީނަމަވެސް، ރަށްރަށަށް އަރާ ފޭބުން ހުއްޓާނުލުމަށާއި، ރަށުގެ ފިހާރައިގައި ހުރި ހުރިހާ ކާޑުގެ ބާވަތްތައް އެެއް ގެޔަކަށް ނުވެއްދުމަށާއި މި ވަގުތަކީ އެއްބައިވަންތަކަން ދައްކަންވީ ވަގުތެއް ކަމަށެވެ. 

އަދި އިންޑިޔާއިން ބޭރުކުރުން މަނާ ކޮށްފައިވާ ބޭސްތައް ރާއްޖެއަށް ފަހިކޮށްދިނުމަށް އިންޑިޔާ ސަރުކާރާއި އެކު ވާހަކަދައްކަމުންދާ ކަމަށެވެ. އަދި ރާއްޖެއަށް ބޭސް އެތެރެކުރާ ހަމައެކަނި ގައުމަކީ އިންޑިޔާ ނޫން ކަމަށާއި، ދުނިޔޭގެ އެތައް ގައުމަކުން ރާއްޖެއަށް ބޭސް ލިބެންހުރި ކަމަށެވެ.

އެމްއެންޑީއެފް އިން މިކަމާއި ގުޅިގެން ހާމަކޮށްފައިވާ ގޮތުގައި ރާއްޖޭގެ ހުރިހާ ހިސާބެއްގައި ސީއެމްބިޔުލާންސްގެ ޚިދުމަތް އެފަރާތުން ފޯރުކޮށްދެމުންދާނެކަމަށާއި ސަރުކާރާއި، ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ ހުރިހާ އެހީއެއް ފޯރުކޮށްދިނުމަށް އެފަރާތުން ތައްޔާރަށް ތިބިކަމަށެވެ.

އަދި ހެލްތް މިނިސްޓްރީގެ އިރުޝާދުގެ ދަށުން އެމްއެންޑީއެފް އާއި މޯލްޑިވްސް ޕޮލިސް ސާރވިސްއިން މަސައްކަތް ކުރަމުންދާނެކަމަށެވެ.

ކުރެއްދޫ އައިލެންޑް ރިސޯޓުން ކޮވިޑް 19 އަށް ޕޮޒިޓިވް ވެފައިވާ ދެ ބިދޭސީން ވަނީ ފަރުކޮޅުފުށްޓަށް ގެންގޮސްފައިކަމަށާއި އަދި އެ ދެ ބިދޭސީންގެ ހާލުވެސް އެހާ ސީރިޔަސް ނޫންކަމަށް މިރޭގެ ނޫސްކޮންފަރެންގައި ހާމަކޮށްފައިވެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *