ކޮވިޑް-19 ގެ ހާލަތާއި ގުޅިގެން ލޯކަލް ކައުންސިލްތަކުގެ އިންތިހާބު ބާއްވާން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އެކުލަވާލި އުސޫލުތަކާއި އެއްގޮތަށް އަމަލުކުރަން، އިތުރަށް ބޭނުންވާ ފައިސާ ހަމަޖެހިއްޖެއެވެ.

މިކަން ހާމަކުރެއްވީ އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފްއެވެ. ޝަރީފް ކުރެއްވި ޓުވީޓެއްގއި އޭނާ ވިދާޅުވީ އިންތިހާބު ބޭއްވުމަށް އިތުރަށް ހިނގާނެ ކަމަށް ލަފާ ކުރެވޭ 29.8 މިލިއަން ރުފިޔާ އެ ކޮމިޝަނަށް ލިބިފައިވާ ކަމަށެވެ.

އެތައް ފަހަރެއްގެ މަތިން ފަސް ކުރެވުނު ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބު ބާއްވަން ތާވަލުކޮށްފައި ވަނީ އޭޕްރީލް މަހުގެ 10 އަކަށެވެ.

އެޗްޕީއޭގެ ގައިޑްލައިންއާ އެއްގޮތަށް، ރައްކާތެރިކަމުގެ ފިޔަވަޅުތަކާއި އެކު އިންތިހާބު ބޭއްވުމަށް ޖުމްލަ 95 މިލިއަން ރުފިޔާ ބޭނުންވާ ކަމަށް މީގެކުރިން އެ ކޮމިޝަނުން ވަނީ ހާމަކޮށްފައެވެ.

އިންތިހާބު ބޭއްވުމަށް ހަރަދު ބޮޑުވާނެ ކަންކަމުގެ ތެރޭގައި އޮފިޝަލުންނަށާއި ވޯޓުފޮށިތަކަށް ހޭދަވާނެ ފައިސާ ހިމެނެ އެވެ.

އިންތިހާބު ނުބޭއްވި ދިގުލައިގެން ދިޔުމުގެ ސަބަބުން ގިނަ އަދަދެއްގެ ކެންޑިޑޭޓުންތަކެއް ވަނީ ނަން އަނބުރާ ގެންގޮސްފަ އެވެ. އެހެންވެ އިންތިހާބަކާއި ނުލައި މިހާރުވެސް ގިނަ އަދަދެއްގެ ކެންޑިޑޭޓުންތަކެއް ވަނީ އިންތިހާބުވެގެން ގޮސްފަ އެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *