ދުނިޔޭގައި ހަލުވިކަމާ އެކު ފެތުރެމުންދާ ކޮވިޑް-19 ގެ އަލާމާތްތައް ހުރެގެން ރާއްޖޭން މިހާތަނަށް ޓެސްޓްކުރި މީހުންގެ ތެރެއިން ޅ. ކުރެއްދޫ ރިސޯޓުން ޓެސްޓްކުރި އެތަނުގެ ދެ މުވައްޒަފަކު ބައްޔަށް ޕޮޒިޓިވް ވެފައިވާކަން ދެންމެ ސަރުކާރުން އިއުލާނުކޮށްފި އެވެ. ޅ. ކުރެއްދޫ އައިލަންޑް ރިސޯޓުން ކޮވިޑް-19 އަށް ޕޮސިޓިވް ވެފައިވަނީ ބިދޭސީ ދެ މުވައްޒަފުންނެވެ. 

މާލެއިން ވެސް އަދި އެހެން ރަށްރަށުން ވެސް މިވައިރަސް ފެނުމުގެ ފުރުސަތު އޮވެދާނެ ކަމަށް ވެސް ނޫސްވެރިންގެ ބައްދަލުވުމުގައި ވަނީ ބުނެފައެވެ. އަދި ރައްކާތެރި ވުމަށް ގިނަގިނައިން އަތްދޮވެ ، ރޯގާގެ އަސަރު ހުރިނަމަ ވަގުތުން ފަރުވާހޯއްދެވުމަށް ވަނީ އިލްތިމާސްކޮށްފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.