ކުރިއަށް ލޯކަލް ކައުންސިލް އިންތިޚާބުގައި މާލޭ ސިޓީގެ މޭޔަރުކަމަށް އަމިއްލަގޮތުން ވާދަކުރައްވާ އަލްޚާން ފަހުމީގެ ކެމްޕެއިން ލޯންޗުކުރުމާއި ގުޅޭ ގޮތުން އާއްމުކުރައްވާފައިވާ ޓްވީޓުގައި ވިދާޅުވެފައިވަނީ ކޮރޯނާ ވައިރަހުން ރައްކައުތެރި ވުމުގެ ގޮތުން އެ ބޭފުޅާގެ ކެމްޕެއިންގައި އެއްވެސް އާއްމު ބައްދަލުވުމެއް ނުބާއްވާނެކަމަށާއި ކެމްޕެއިން ލޯންޗް ކުރުން އޮންނާނީ ކެޕްއިން އޮފީހުގައި ކަމަށާއި މި ޙަރަކާތުގައި ބައިވެރިވާނީ ރާއްޖޭގެ މީޑިއާއެކަނި ކަމަށެވެ. އަދި މި ޙަފްލާ ސޯޝަލް މީޑިއާ މެދުވެރިކޮށް ދުރައްދައްކާނެ ކަމުގައިވެސް އެ ޓުވީޓުގައި ވަނީީ ވިދާޅުވެފައެވެ. 


ކޮރޯނާ ވައިރަސްގެ ސަބަބުން މުޅި ރާއްޖެއަށް މިހާރުވަނީ ރީނދޫ އެލާރޓް ނެރެފައެވެ. 

އަލްހާން ފަހުމީއަކީ މިނިވަން ކެނޑިޑޭޓެއް ކަމަށާއި މިނިވަން ވިސްނުމަށް ވޯޓްދެއްވައިގެން ނޫނީ ޕާޓީ ސިސްޓަމް ބަލި ނުކުރެވޭނެ ކަމަށް ވިދާޅުވެ އެނަިކުފާނުވަނީ ޓުވީޓެއް މެދުވެރި ކުރައްވަފައެވެ. 

އަލްހާން ފަހުމީއަކީ މީގެ ކުރިން ސިޔާސީ ޕާޓީތަކުގެ އިސް ސަފުގައި މަސައްކަތް ކުރައްވާފައެވެ. އެގޮތުން އެމް.ޑީ.ޕީ ގެ ނައިބު ރައީސް ކަމުގެ އިތުރުން ޖުމްހޫރީ ޕާޓީއާއި ޑީ އާރް ޕީގައި ވެސް އެމަނިކުފާނު ވަނީ މީގެ ކުރިން މަސައްކަތް ކުރައްވާފައެވެ.

އަލްހާން ފަހުމީ އެންމެ ފަހުން މަސައްކަތް ކުރެއްވި ޖުމްހޫރީ ޕާޓީން އެމަނިކުފާނު ވަކިވެފައިވަނީ ލޯކަލް ކައުންސިިލް އިންތިޚާބުގައި އަމިއްލަ ގޮތުން ވާދަކުރުމަށްޓަކައެވެ.  

އަލްހާން ފަހުމީއަކީ ޕީޕީއެމްގެ ފަރާތުން ކުރީގެ ހައުސިން މިނިސްޓަރ ޑރ. މުޙައްމަދު މުއިޒު އާއި އެމްޑީޕީގެ ފަރާތުން އަނަސް އަބްދުއް ސައްތާރުގެ އިތުރުުން ކުރިޔަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި މާލޭ މޭޔަރުކަމަށް ވާދަކުރައްވާ ފަރާތެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.