ކޮރޯނާ ވައިރަސް އާއި ގުޅިގެން އެކުންފުނިން ވިއްކާ އެއްވެސް ބާވަތެއްގެ ކާބޯތަކެއްޗެއް ދަތިކަމެއް ނެތި ލިބެން ހުންނާނެ ކަމަށާއި ހުރިހާ އެއްޗެއްވެސް މިހާރު ލިބެންހުރި އަގުގަ ލިބޭނެ ކަމަށް ހެޕީ މާކެޓުން ބުނެފިއެވެ. 

މި ކުންފުނިން މިކަން ހާމަ ކޮށްފައިވާވަނީ ކޮރޯނާވައިރަސް ފެތުރެމުން ދާތީ ސަޕްލައި ޗެއިންއަށް އަންނަ ހީނަރުކަމާއި އަދި ރަމަޒާން މަހުގެ ޑިމާންޑު އިތުރުވުމާއި ގުޅިގެން ކުރިއަށް އޮތް މަސްތަކުގައި ކާބޯތަކެތި ބޭނުންވާވަރަށް ނުލިބިދާނެކަމާއި އަދި ތަކެތީގެ އުފުލޭނެކަމަށް ވާހަކަ ދެކެވޭތީއެވެ. 

ހެޕީމާކެޓުން އެތެރެކޮށް ވިއްކާ ހުރިހާ ބާވަތެއްގެ ކާބޯތަކެތިވެސް އެތެރެކުރަން ރޭވިފައިވާ ޓައިމްލައިނާ އެއްގޮތަށް ލިބޭނެކަމުގެ ޔަގީންކަަން މިވަގިތަށް ލިބިފައިވާ ކަމަށް އެކުންފުނިން ހާމަ ކޮށްފިއެވެ. 

މީގެއިތުރުން ހުރިހާ ބާވަތެއްގެ އަގު ރަމަޒާންމަސް ނިމެންދެންވެސް ބޮޑުނުކޮށް ހިފަހައްޓާނެ ކަމުގައި އެ ކުންފުނުން ބުނެއެވެ.ވަކިން ހާއްސަކޮށް އެކުންފުނިން އެތެރެކޮށް ވިއްކާ ފިނިކުރި ކުކުޅާއި ކުކުޅުގެ ބައިތައް އަދި ކުކުޅުބިހުގެ އަގު މާކެޓުގައި ބޮޑުވިޔަނުދީ ހިފެހެއްޓުމަށް ކުރަންޖެހޭ ހުރިހާކަމެއް ކުރުމަށް އެކުންފުނީގެ މެނޭމަންޓުން ވަނީ ނިންމާފަކަމުގައި ހާމަކުރިއެވެ. 

އަދި މިއަދުން ފެށިގެން ފިނިކުރި ކުކުޅު އެކުުންފުނިން ވިއްކާއަގު މިވަގުތައް ކުރެވޭނެ އެންމެ ބޮޑަށް ދައްކުރެވިފައިވާކަމުގައި އެކުންފުނިން ބުނެއެވެ.އަދި ރަމަޒާން މަސް ނިމެންދެން މިއަގުތައް ހިފެހެއްޓުމަށް މެނޭޖްމަންޓުން ވަނީ ނިންމާފައެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *