ރައީސް ނަޝީދު ކޮރޯނާވައިރަސް އާއި ގުޅިގެން ފާލުކުރައްވަމުން އެގެންދަވަނީ ރަނގަޅު ހިޔާލުކަމަށް ޓުއަރިޒަމް މިނިސްޓަރ އަލީ ވަހީދު ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ލޯކަލް ކައުންސިލް އިންތިހާބުގެ ކެމްޕޭންގައި ދޮރުން ދޮރަށް ހިނގުމުގެ ހަރަކާތް ފެށުމުގެ ގޮތުން އެމްޑީޕީ ހަރުގެ ސަރަހައްދުގައި ބޭއްވި ރަސްމިއްޔާތުގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ރައީސް ނަޝީދު ވިދާޅުވީ، ކޮރޯނާ ވައިރަހާ ގުޅިގެން ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ، ޑަބްލިއުއެޗްއޯއިން ލަފާދެނީ ގިނަގިނައިން އަތް ދޮވުމަށާއި ސާފުތާހިރުކޮށް ތިބުމަށް ކަމަށެވެ. ދަތުރުފަތުރު ކުރުން ފަދަ ކަންކަން ހުއްޓާލަން ޑަބްލިއުއެޗްއޯއިން ލަފާދީފައިނުވާކަން ފާހަގަ ކުރައްވައި ރައީސް ނަޝީދު ވިދާޅުވީ، މި ރޯގާގެ ކަންތަކުގައި "ހުން ނާންނަނީސް" ރަޖާލާނަމަ އިގްތިސާދު ހުއްޓިދާނެ ކަމަށެވެ

ރައީސް ނަޝީދު ވިދާޅުވަނީ ދުނިޔެއެއް ހުއްޓައެއް ނުލެވޭނެ ކަމަށާއި ، ދިވެހިރާއްޖެ އެއްވެސް ހުއްޓައެއް ނުލެވޭނެ ކަމަށެވެ. އަދި  ބިރުވެރިކަމުގެ ތެރެއަށް ގޮސް ހުންނާންނަނީސް ރަޖާއަޅާ އުސޫލަށް ބަދަލުވާން ފަށައިފި ނަމަ، ދުނިޔޭގެ އިގްތިސާދު ވެސް ހުއްޓޭނެ ކަމަށެވެ. އިގްތިސާދު ހުއްޓުނީމާ ދެން ރޯގާ ނުޖެހުނެއް ކަމަކު ދިމާވާނެ އެހެން ރޯގާތަކާއި އެހެން ބަލިތަކާއި އެހެން އުނދަގޫތައް މާގިނަ ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ ދަތުރުފަތުރު ހުއްޓާލައިގެން ނުވާނެ ކަމަށާއި ރަށަކުން ބައްޔެއް ފެނުނަސް އެ ރަށް ކަރަންޓީނު ކުރުމަކީ ގަބޫލު ކުރައްވާ ކަމެއް ނޫން ކަމަށެވެ. އަދި އެއީ ވިސްނުންތެރި ކަމެއް ވެސް ނޫން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ވ.ތިނަދޫގައި ޗުއްޓީ ހޭދަކުރަމުން އައި އިޓަލީ ފަތުރުވެރިއަކު ކޮރޯނާވައިރަސްއަށް ޝައްކު ކުރެވިގެން ބައްޔަށް ޓެސްޓުކުރަމުން ދާތީ، ޓެސްޓުތަކުގެ ނަތީޖާ ލިބެންދެން އެރަށަށް އަރައިފޭބުން މިއަދު މަނާކޮށްފިއެވެ. އަދި މީގެ އިތުރުން ކުރެއްދޫ އައިލެންޑް ރިސޯޓުންވެސް، ޓެސްޓު ތަކުގެ ނަތީޖާ ލިބެންދެން ވަނީ މީހުން އަރާ ފޭބުން ވަގުތީ ގޮތުން މަނާ ކޮށްފައެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.