ކޮރޯނާވައިރަސް ދިވެހިރާއްޖެއަށް އައުމަކީ ސަރޕްރައިޒް އަކަށް ވެގެން ނުވާނެ ކަމަށާއި ވައިރަސް ރާއްޖެއަށް އަތުވެއްޖެނަމަ އެބައްޔާއެކު އުޅެން ދިވެހިން ތައްޔާރަށް ތިބެންޖެހޭކަމަށް މިނިސްޓަރ އަލީ ވަހީދު ދަރުބާރުގޭގައި ރޭގަ ބޭއްވުނު ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވެއްޖެއެވެ.

މީގެ އިތުރުން އަލީ ވަހީދު ވިދާޅުވެފައިވަނީ ރައީސުލް ޖުމްހޫރިއްޔާގެ ވިސްނުންފުޅު ހުރީ އިކޮނޮމީ ހިންގަން ކަމަށާއި ސަރުކާރުގެ ހަރަދުތައް ކުޑަކުރާނެކަމަށެވެ. ކޮރޯނާ ވައިރަސްއާއި ގުޅިގެން ވަރަށް އަވަހަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ޤައުމާ މުޙާތަބް ކުރައްވާނެކަމުގައި މިނިސްޓަރު ވިދާޅުވިއެވެ.

އަދި ރޯދަމަހާއި ރޯދައަށް ފަހުންވެސް ރާއްޖޭގައި ތިބި މީހުންނަށް ވާވަރަށް އެސްޓީއޯގައި ކާޑުގެ ބާވަތްތައް ސްޓޮކްކުރެވިފައި ހުންނާނެ ކަމަށް އަލީ ވަހީދު ވިދާޅުވިއެވެ. 

 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.