ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު މަޖިލީހުގެ ރިޔާސަތުގައި -- ފޮޓޯ: ރައްޔިތުންގެ މަޖިލީހުގެ އިދާރާ

މާލެ އަތޮޅުގައި ފްލޯޓިންގ ސިޓީއެއް ގާއިމް ކުރުމުގެ މަޝްރޫއުގެ މަސައްކަތް ފެށިގެން ދިއުމަކީ މުޅި ރާއްޖެއަށް ވެސް ލިބިގެންދާ ފަޚުރެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ރިޔާސަތުން ހުށަހަޅާ ކަންކަމުގެ ދަށުން ރައީސް ނަޝީދު ވަނީ އެމަނިކުފާނު އިއްޔެ އިފްތިތާހު ކޮށްދެއްވި ފްލޯޓިންގ ސިޓީ މަޝްރޫއު އާއި ގުޅޭ ގޮތުން ވާހަކަ ދައްކަވާފައެވެ. އެމަނިކުފާނު ވިދާޅުވީ މަޖިލީހުގައި މި މަޝްރޫއުގެ ވާހަކަ ފާހަގަކުރައްވާ ސަބަބަކީ އެއީ އަލަށް ކުރެވޭ މަސައްކަތަކަށް ވާތީ ކަމަށެވެ.

އެގޮތުން މި ސިޓީ އަކީ މޫސުމީ ބަދަލުތަކާއި ބިން މަދުވުމުގެ މައްސަލައަށް ލިބޭނެ ހައްލެއް ކަމަށް ވެސް ނަޝީދުގެ ވާހަކައިގައި ފާހަގަކުރެއްވިއެވެ. ނަޝީދު ވިދާޅުވީ މިފަދަ މަސައްކަތެއް ރާއްޖޭގައި ފެށިގެން ދިއުމަކީ އެންމެންނަށް ވެސް ލިބިގެންދާ ފަޚުރެއް ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.

ދެން މޫސުމަށް އަންނަ ބަދަލާއި ލޮނުގަނޑު އުފުލިގެންދާ ދިޔުމާ އަދި އެހެންވެސް، ބިން މަދުވުމުގެ މައްސަލަތަކަށް ހައްލެއްގެ ގޮތުގައި ހުށަހެޅޭ ޓެކްނޮލޮޖީއެއް މިކަމުގައި ދިވެހިރާއްޖޭގައި މި މަސައްކަތް ފެށޭކަމީ އަޅުގަނޑުމެން ޔަގީން ކަށަވަރު އަޅުގަނޑުމެން އެންމެންނަށް ވެސް ލިބޭނެ ފަޚުރެއް.

ޑަޗް ޑޮކްލެންޑްސް ކުންފުންޏާއި އެކު ސޮއި ކުރެވުނު މި މަޝްރޫއުއަކީ މާލެ އަތޮޅުގެ އުތުރުބުރީގައި ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ މަޝްރޫއު އެކެވެ. މި ޕްރޮޖެކްޓްގެ ދަށުން 200 ހެކްޓަރުގެ ފަޅެއް، ސިޓީއެއްގެ ފެންވަރަށް ތަރައްގީ ކުރެވޭނެއެވެ. މި ސިޓީގައި 5،000 ގެ ބިނާ ކުރުމަށް ހަމަޖެހިފައިވާއިރު ފަޅު ވަށައިގެން ބޭރުގައި 5 ތަރީގެ ދެ ރިސޯޓާއި، ޔޮޓް މެރީނާ އެއް ގާއިމް ކުރުމަށް ވެސް ވަނީ ހަމަޖެހިފައެވެ.

މިއީ 2009 ވަނަ އަހަރު، ރައީސް ނަޝީދު ވެރިކަމުގައި ފެށްޓެވުމަށް ނިންމައި ސޮއި ކުރެވުނު އެއްބަސްވުމެކެވެ. އެހެންނަމަވެސް، ވެރިކަން ބަދަލުވުމާއި ގުޅިގެން މި ޕްރޮޖެކްޓަށް ހުއްޓުމެއް އައުމަށްފަހު އަލުން ފަށައިގަނެވިފައި ވަނީ 2019 ވަނަ އަހަރުގެ ކުރީ ކޮޅުއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *