މިނިސްޓަރ ފައްޔާޒް އަދި ސީޕީ ހަމީދު -- ފޮޓޯ: ޕޮލިސް

ގައުމު ތަރައްގީކުރުމަށްޓަކައި އިކޮނޮމިކް ކްރައިމް ހުއްޓުވުން މުހިންމު ކަމަށް މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓް ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެއެވެ.

ފުލުހުންގެ 32 ވަނަ ޓްރެއިނިންގ ކޯސް ފުރިހަމަ ކުރެއްވި ފަރާތްތަކާއިއެކު ދ. ވާނީގައި ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރ ފައްޔާޒް ވިދާޅުވީ، ދިވެހިން އެންމެ ބޭނުންވާ ކަންތައްތަކުގެ ތެރޭގައި އަމިއްލަ ތަނަވަސްކަން އިތުރުކުރުމާއި ގައުމު ތަރައްގީވުން ހިމެނޭ ކަމަށެވެ. އެކަންކަން ހާސިލްކުރުމަށްޓަކައި ފުލުހުންގެ މުއައްސަސާގެ ދައުރުގެ މައްޗަށް މިނިސްޓަރ އަލިއަޅުއްވާލެއްވިއެވެ.

އިގްތިސާދު ވަރުގަދަ ކުރުމަށް ގައުމުގައި ސްޓެބިލިޓީ ގާއިމް ކުރެވެންޖެހޭ

އަމިއްލަ ތަނަވަސްކަން އިތުރުކޮށް، ގައުމު ތަރައްގީ ކުރެވޭނީ އިގްތިސާދު ވަރުގަދަ ކުރެވިގެންނެވެ. އެކަން ހާސިލްކުރުމަށްޓަކައި ގައުމުގައި ސްޓެބިލިޓީ ގާއިމް ކުރެވެންޖެހޭ ކަމަށާއި، ޖިނާއީ ކުށްތައް އަދި ހާއްސަކޮށް އިކޮނޮމިކް ކްރައިމް ހުއްޓުވުން މުހިންމު ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި އެކަންކަން ޓެކަލް ކުރެވޭނެ ފުލުހުންގެ މުއައްސަސާއެއް މުހިންމު ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މީގެއިތުރުންވެސް، އިންޓަރނެޓްގެ ސަބަބުން އިކޮނޮމިކް އެކްޓިވިޓީސް އަށް ބޮޑެތި ބަދަލުތަކެއް އަންނަމުންދާކަން ފާހަަގަކުރައްވަމުން މިނިސްޓަރ ވިދާޅުވީ، އޮންލައިން މިފަދަ ކްރައިމްސް ހުއްޓުވުމުގެ ގާބިލްކަންވެސް ފުލުހުންގެ މުއައްސަސާގައި ހުންނަންޖެހޭނެ ކަމަށެވެ.

އިގްތިސާދަކީ ރައްކާތެރި އިގްތިސާދެއްކަން އިންވެސްޓަރުންނާއި ރައްޔިތުންނަށް އެނގެންވާނެ ކަމަށާއި، އެ އިތުބާރު ގާއިމް ކުރުމުގައި ފުލުހުންގެ ދައުރު ބޮޑުކަން މިނިސްޓަރ ފައްޔާޒް ފާހަގަކުރެއްވިއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *