ބިދޭސީއަކަށް ކޮވިޑް-19 ވެކްސިން ޖަހަނީ -- ފޮޓޯ: ރެޑް ކްރެޒެންޓް

މިއަދު 7،908 މީހެއްގެ ގަޔަށް ވެކްސިން ޖަހައި، ވެކްސިން ޖެހި ޖުމްލަ މީހުންގެ އަދަދު 206،114 އަށް އަރައިފި އެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ މިއަދު ވެކްސިން ޖެހި މީހުންގެ ތެރެއިން 4،941 މީހުން ވެކްސިން ޖަހާފައިވަނީ މާލެ ސަރަހައްދުން ކަމަށެވެ. 2،967 މީހުން ވެކްސިން ޖަހާފައިވަނީ އަތޮޅު ތެރެއިންނެވެ.

މާލެ ސަރަހައްދުން ވެކްސިން ޖަހާ މީހުންގެ އަދަދުތައް މިހާރު ދަށަށް ދާން ފަށާފައިވާއިރު، 18 އަހަރުން މަތީގެ އެންމެނަށް ވެކްސިން ދޭން މިހާރު ވަނީ ނިންމާފައެވެ. ވެކްސިންގެ ފުރަތަމަ ޑޯޒް މާލެ ސަރަހައްދުގައި ދިނުން 15 މާރޗްގައި ހުއްޓާލާނެ ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ. އެހެންނަމަވެސް، ބައެއް ހައި ރިސްކް ފަރާތްތައް މިކަމުން އިސްތިސްނާވާނެ ކަމަށް އެޗްޕީއޭ އިން ވަނީ ބުނެފައެވެ.

ވެކްސިންގެ ކަންކަން ކުރިއަށް ގެންގޮސްފައިވަނީ 179 ސެންޓަރެއްގައެވެ. އެއީ ގްރޭޓަރ މާލޭގެ 8 ވެކްސިނޭޝަން ސެންޓަރަކާއި، މޯބައިލް 2 ވެކްސިނޭޝަން ސެންޓަރަކާއި އަތޮޅުތެރޭގެ 169 ވެކްސިނޭޝަން ސެންޓަރަކުންނެވެ.

ރާއްޖޭގައި މިހާރު ޖަހަމުންގެންދަނީ އިންޑިއާގެ ސަރުކާރުން ހަދިޔާކޮށްފައިވާ "ކޮވިޝީލްޑް" ވެކްސިންގެ 200،000 ޑޯޒެވެ. މި ވެކްސިންގެ އިތުރުން ޗައިނާގެ ސައިނޯފާމް އިން އުފައްދާފައިވާ ވެކްސިންގެ 10,000 ޑޯޒްވެސް ރާއްޖެއަށް ލިބިފައިވެއެވެ.

ވަރަށް އަވަހަށް ސައިނޯފާމްގެ 200،000 ޑޯޒްވެސް ރާއްޖެ ގެނެވޭނެކަމަށް ޗައިނާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ވަނީ ވިދާޅުވެފައެވެ. މި ވެކްސިނަށް އަދި މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީއިން އަދި ހުއްދަ ދީފައެއް ނުވެއެވެ. އޭގެއިތުރުން އޮކްސްފޯޑް ވެކްސިންގެ 700،000 ޑޯޒް ސަރުކާރުން ގަނެފައިވެއެވެ. މިއަދު ސަރުކާރުން ވަނީ "ކޮވިޝީލްޑް" ގެ އިތުރު ޑޯޒްތައްވެސް ސީރަމް އިންސްޓްޓިއުޓް އިން ގަންނަން ނިންމާފައިވާ ކަމަށް ބުނެފައެވެ.

1
0
0
0
0

މިލިޔުމާއި ގުޅޭ

1 ކޮމެންޓް

  1. އިދާރާތަކަށް އަންގައި މުވައްޒަފުންނަށް މަޖުބޫރު ކުރުވައިގެންވެސް ވީ ތިވަރުތަ؟ ވެކްސިން ޖަހާކަށް މަޖުބޫރެއް ޖުކުރާނަމޭ ކިޔާފަ ބިއްދޮށްފަރާތުން މަޖުބޫރު ކުރިކަން އެނގޭ އެންމެނަށް. ކިއު ދިގުވެގެން ފާޑުފާޑު ވާހަކަ ދައްކަަނެ ކަމެއް ނެތް. އަދިވެސް ކުރީ.
    މަޖުވޫރު ޖޫންނަމަ 1 ލައްކަ މީހުންވެސް ތިއެއް ނުޖަހާނެ. މަޖިލިހުގަ އުޅޭ މީހުންވެސް އެއުޅެނީ ނުޖަހާ. އިހަށްދުވަހު ޕޮޒިޓިވްވި ކަޅޭ މެންވެސް ގެރިގޮރަށް އިތުބާރު ނުކުރޭ. އެޔެންވެ އެއުޅެނީ ނުޖަހާ. ފައިޒަރ ނޫނީ ނުޖަހާނަމޯ ކަޅޭވެސް ބުނީ.

ކޮމެންޓް

Your email address will not be published. Required fields are marked *