ހިޔުމަން ރައިޓްސް އިން ބަލަމުން އަންނަ މައްސަލައަކާއި ގުޅިގެން ކުޑަކުދިންގެ ހިޔާގެ އިސްވެރިޔާގެ މަޤާމުން މިދިޔަ ޖެނުއަަރީ މަހުގެ 23 ވަނަ ދުވަހު އެކަހެރިކޮށްފައިވާ ގއ.ކޮލަމާފުށީ، އޯކިޑްވިލާ، އަބްދުއްޝުކޫރު އަބްދުލް ހަކީމަށް ޖެންޑާ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުކަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިއްޔެ ދެއްވައިފިއެވެ.

މަގާމު ދަށްކުރުމަށް ފަހު، ޖެންޑާ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުކަން ޝުކޫރަށް  ދެއްވީ ކީއްވެ ކަމެއް ނޭނގެ އެވެ. އަދި އޭނާއާ ގުޅޭ ގޮތުން އެޗްއާރުސީއެމުން ބަލަމުން ދިޔަ މައްސަލަ ނިމުނު ގޮތެއް، އެ މައްސަލައިގެ އެެއްވެސް ތަފްސީލެއް އެ ކޮމިޝަނުންނާއި ސަރުކާރުން ވެސް ހާމައެއް ނުކުރެއެވެ.

ދަޢުލަތުގެ މިފަދަ ބޮޑު މަސްއޫލިއްޔަތެއް އަދާ ކުރަމުންއައި ބޭފުޅަކު މިފަދަ ގޮތަކަށް ވަޒފާއިން އެކަހެރިކުރުމަށްފަހު، ދައުލަތުގެ ޚަރަދު ކުޑަކުރުމަށް އަމާޒު ހިފާފައިވާ ދަނޑިވަޅެއްގައި، ޑެޕިޔުޓީ މިނިސްޓަރ ލެވެލްގެ މަޤާމެއް ދިނުމަކީ ރައްޔިތުންގެ ހިތުގައި އެކަމަކާއި މެދު ސުވާލު އުފެދިގެންދާނެކަމެކެވެ.

ޑެޕިއުޓީ މިނިސްޓަރަކަށް މުސާރަ އާއި އެލަވަންސްގެ ގޮތުގައި ކޮންމެ މަހަކު ލިބިވަޑައިގަންނަވާނީ 30،500ރ. އެވެ. އެއީ 18،000ރ. ގެ މުސާރަ އަކާއި 12،500ރ. ގެ އެލަވަންސެކެވެ. ސްޓޭޓް މިނިސްޓަރެއްގެ މުސާރަ އަކީ މަހަކު 32،000ރ. އެވެ. އޭގެ އިތުރުން މަހަކު 15،000ރ. ގެ އެލަވަންސެއް ސްޓޭޓް މިނިސްޓަރުންނަށް ލިބިވަޑައިގަންނަވާނެއެވެ.

މި ސަރުކާރުގައި މިހާރު 52 ސްޓޭޓް މިނިސްޓަރުންނާއި 78 ޑެޕިއުޓީ މިނިސްޓަރުން ތިއްބަވަ އެވެ.

އަދި ރައީސް އޮފީހުގައި ސްޓޭޓް މިނިސްޓަރުކަމުގައި އަދި އެ ފެންވަރުގެ މަގާމުތަކުގައި 10 ބޭފުޅަކު ތިއްބަވަ އެވެ. ޑެޕިއުޓީ މިނިސްޓަރުކަމުގެ ފެންވަރުގެ މަގާމުތަކުގައި ރައީސް އޮފީހުގައި ތިއްބެވި ބޭފުޅުންގެ އަދަދަކީ 13 އެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *