އިއްޔެ ވަގުތީ ގޮތުމް ބަންދުކުރި ހަރަމްފުޅާއި މަސްޖިދުއް ނަބަވީ އަލުން ހުޅުވާލައިފިއެވެ.

އިއްޔެގެ އިޝާ ނަމާދަށްފަހު މައްކާގައި ހުންނަ މާތް ވެގެންވާ ހަރަމްފުޅާއި މަދީނާގައި ހުންނަ ކީރިތި ރަސޫލާގެ މިސްކިތް ނުވަތަ މަސްޖިދުއްނަބަވީ ވަގުތީ ގޮތުން ބަންދުކުރީ ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަހާ ގުޅިގެން އެތަންތަން ސާފުކޮށް ޖަރާސީމާއި ވައިރަސް ނައްތާލުމަށެވެ.

މިއަދުގެ ފަތިސް ނަމާދަށްފަހު ދެ ހަރަމް ވެސް ވަނީ އަލުން ހުޅުވާލައިފައިކަމުގައި ސައުދީ ނޫސްތަކުގައި ވަނީ ބުނެފައެވެ.

ނަމަވެސް ކޮރޯނާވައިރަސް ފެތުރިގެން ދިއުން ހުއްޓުވުމަށް އެޅި ފިޔަވަޅުތަކުގެ ތެރެއިން އުމްރާގެ އަޅުކަން އަދާކުރުން ވަގުތީ ގޮތުން މަނާކޮށްފައިވާތީ، ކައުބަތުﷲ ގެފުޅުގެ ވަށައިގެން ތޮވާފް ކުރުމަށް އޮންނަ ސަރަހައްދާއި ސޮފާ އާއި މަރުވާއާ ދެމެދު ހިނގަން އޮންނަ މަގު ވަނީ ބަންދުކޮށްފައެވެ.

ކަމާބެހޭ އިދާރާތަކުން ބުނާ ގޮތުގައި ނަމާދު ކުރުމަށް ހުއްދަ ދޭނީ މިސްކިތް ތެރޭގައި އެކަންޏެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *