މާލޭމަގުތަކުގައި އަޅާފައިވާ ހޮޅިތަކުން ސަލާމަތް ކޮށްދޭނެ ކަމަށް މިނިވަން ކެންޑިޑޭޓެއްގެ ގޮތުގައި މާލޭ ސިޓީ މޭޔަރުކަމަށް ކުރިމަތި ލައްވާފައިވާ އަލްހާން ފަހުމީ ވިދާޅުވެއްޖެއެވެ. 

އަލްހާން މިހެން ވިދާޅުވެފައިވަނީ މާލޭ މަގެއްގެ މަތީ ޕޭމަންޓުކައިރިން އަޅާފައިވާ ފެންހޮޅިއެއް ފަޅައިގެން ގޮސް ފެންތައް ބުރައިގެންދާ ވީޑިއޯއެއް ޓުވީޓް ކުރެއްވުމަށްފަހުއެވެ. 

އަަލްހާން ޓުވީޓް ކުރައްވާފައިވާ ވީޑިއޯއިން ފެންހޮޅި ފަޅައިގެން ގޮސް މަގުމަތިން ދާމީހުންގަޔަށް ފެންތައް ބުރާމަންޒަރު ފެނެއެވެ.

އަލްހާން ގެ ޓްވީޓް ގައި ވަނީ ސަހަރޯ! މުއިއްޒު އެޅުއްވި ހޮޅިތޯ އައްސަވާފައެވެ. އަދި މާލޭގެ ރައްޔިތުން މިހޮޅިތަކުން ސަލާމަތް ކުރާނެ ކަމުގައި  ވިދާޅުވެފައެވެ. 


މާލޭގައި އިމާރާތް ކުރުމުގެ މަސައްކަތް ކުރާ ތަންތަނުން ފެން ހިންދުމަށްޓަކައި މަގުމަތީގައި ނުވަތަ ޕޭވްމަންޓް މަތީގައި ހޮޅި ނާޅައި އެކަން ކުރެވޭނެ ނިޒާމެއްގެ މަސައްކަތް ފެށުމަށް ނިންމާފައިވާ ކަމަށް 2018 ވަނައަހަރު ޑރ. މުހައްމަދު މުއިއްޒު ހައުސިން މިނިސްޓަރުކަމުގައި ހުންނެވިއިރު ވަނީ ވިދާޅުވެފައެވެ. 

މާލޭގައި އުސްކޮށް އިމާރާތް ކުރާ ތަންތަނުގެ ފައުންޑޭޝަން އެޅުމަށްޓަކައި ކޮނުމަށް ފަހު، ބިމުން ނަގާ ފެން މިހާރު މޫދަށް ބޭރު ކުރަނީ މަގުމަތީގައި އަޅާފައި ހުންނަ ފަލަ ހޮޅިތަކުންނެވެ. އޭގެ ގިނަ ހޮޅިތަކެއް މާލޭގެ ބައެއް މަގުތަކުގެ ޕޭވްމަންޓު މަތީގައި ވަރަށް ގިނައިން އަޅާފައިވާއިރު ހިނގައި އުޅުން ވަނީ ވަރަށް ބޮޑު ތަކުލީފަކަށް ވެފަ އެވެ. އަދި އެ މަސައްކަތް ނިމުމުން ހޮޅިތައް ނުނަގައި ގިނަ ދުވަސްވާ މައްސަލަ ވެސް ވަރަށް ބޮޑެވެ. އަދި މި ހޮޅިތަކުގެ ސަބަބުން ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށްވެސް އަންނަނީ ވަރަށް ބޮޑެތި ދަތިތަކާއި ކުރިމަތިވަމުންނެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.