އިޓަލީއިން އައި ދިވެހިމީހާ ކޮރޯނާވައިރަސްއަށް ޝައްކު ކުރެވިގެން އިއްޔެ ކަރަންޓީންކުރުމަށްފަހު ނެގެޓިވްވުމުން ދޫކޮށްލާއިފިއެވެ.

އެޗްޕީއޭއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އިޓަލީއިން އައި ދިވެހި މީހާގެ ގައިން ކޮރޯނާ ވައިރަސް ގެ އަލާމާތްތަކެއް ފެނުމުން އޭނާ އެކަހެރިކޮށް އެ ވައިރަހަށް ޓެސްޓް ހަދާފައިވާ ކަމަށެވެ. އަދި އެ ޓެސްޓް ނެގެޓިވް ވެފައިވާތީ، އޭނާ މިހާރު ކަރަންޓީނުން ދޫކޮށްލާފައިވާ ކަމަށް ވެސް އެޗްޕީއޭއިން ބުންޏެވެ.

ބަޔާނުގައި ވާގޮތުން ކޮރޯނާވައިރަސްއާއި ގުޅިގެން މީހަކު އެކަހެރިކޮށްފި ނަމަ، އެމީހާ ދިރިއުޅޭ ގޭގެ މީހުންނާއި އެމީހާއާއެކު ވަގުތު ހޭދަކޮށްފައިވާ މީހުންގެ ރައްކާތެރިކަމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އެ އޭޖެންސީއިން އަޅަމުން ގެންދާނެ ކަމަށެވެ.

އިޓަލީ އަކީ ކޮރޯނާވައިރަސް ފުރަތަމަ ފެތުރެންފެށި ގައުމު ކަމުގައިވާ ޗައިނާއަށް ފަހު ދެން އެންމެގިނަ އަދަދެއްގެ ބަޔަކު މަރުވެފައިވާ ގައުމެވެ. އިޓަލީގައި ކޮވިޑް19 ޖެހިގެން 107 މީހަކު ވަނީ މަރުވެފަ އެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.