ތ. އަތޮޅުގައި ކުރިއަށްގެންދިއުމަށް ނިންމާފައިވާ ބައެއް ޕްރޮޖެކްޓުތަކާއި ގުޅޭގޮތުން ދާއިރާގެ ބައެއް މެމްބަރުންނާއި މިނިސްޓަރ އާއިޝަތު އަލީ ބައްދަުކުރައްވަނީ -- ފޮޓޯ: އެޑިއުކޭޝަން މިނިސްޓަރީ

ތައުލީމީ ދާއިރާއާއި ގުޅުންހުރި 14 ޕްރޮޖެކްޓެއް ތ އަތޮޅުގައި ކުރިއަށްދާ ކަމަށް މިނިސްޓަރ އޮފް އެޑިއުކޭޝަން ޑރ. އައިޝަތު އަލީ ވިދާޅުވެއްޖެއެވެ.

އެމްޑީޕީ އިން ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބަށް ތައްޔާރުވުމުގެ ގޮތުން ރަށްވެހި ފަތިސްގެ ތ އަތޮޅުގެ ކެނޑިޑޭޓުންނާއި އެކު މިރޭ ބޭއްވެވި ބައްދަލުވުމުގައި ވާހަކަދައްކަވަމުން މިނިސްޓަރ ވިދާޅުވީ، 14 ޕްރޮޖެކްޓެއް ތ އަތޮޅުގައި ކުރިއަށް ގެންދެވޭނެ ކަމަށެވެ.

އޭގެތެރެއިން، 5 ޕްރޮޖެކްޓެއް މާރޗް މަހުގެ ތެރޭގައި ޓެންޑަރ ކުރެވޭނެ ކަމަށާއި، 4 ޕްރޮޖެކްޓެއް ފެބްރުއަރީގައި ޓެންޑަރ ކުރެވިފައިވާ ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ. މެއި އަދި ޖޫން މަހު ދެ ޕްރޮޖެކްޓެއް ޓެންޑަރ ކުރުމަށް ހަމަޖެހިފައިވާ ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

މީގެ ތެރޭގައި ގާދިއްފުށީގައި 10 ކްލާސްރޫމް ބިނާކުރުމުގެ މަސައްކަތާއި، ދިޔަމިގިލީ ސްކޫލްގައި 10 ކްލާސްރޫމް ބިނާ ކުރުމުގެ މަސައްކަތްވެސް ހިމެނެއެވެ.

ތ އަތޮޅުގެ ވަކި ވަކި ރަށްރަށުގެ ރައްޔިތުން ހުށަހަޅާފައިވާ ކަންތައްތަކަށް އަލިއަޅުއްވާލައްވަމުން ޑރ. އައިޝަތު އަލީ ވިދާޅުވީ، މަޑިފުށީގެ ސްކޫލުގެ އައު އިމާރާތް މިދިޔަ މަހުގެ ތެރޭގައި ބޭނުން ކުރެވެން ފަށާފައިވާ ކަމަށެވެ. މީގެއިތުރުންވެސް، ދިޔަމިލީގައި ހަ ކްލާސްރޫމާއި ވަށާ ފާރު ރޭނުމަށް އެދިފައިވާ ކަމަށާއި، މި މަސައްކަތް އަންނަ އަހަރުގެ ޕީއެސްއައިޕީ ގެ ތެރޭގައި ހިމެނުމަށް މަސައްކަތް ކުރައްވާނެ ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

އަތޮޅުތެރޭގެ ތައުލީމީ ފެންވަރު ރަނގަޅުކޮށް، ތައުލީމަށް މާލެއަށް ބަރޯސާވުން ކުޑަކުރުމަށް މި ސަރުކާރުން އަންނަނީ ބޮޑު އަހަންމިއްޔަތެއް ދެމުންނެވެ.

0
0
0
0
1

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *