މިއަދު އިޓަލީ އިން ރާއްޖެ އަށް ދަތުރުކުރި ދިވެއްސަކު ކޮވިޑް-19 އަށް މޮނިޓާ ކުރުމަށް އެކަހެރިކޮށްފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ. 

އެ އިދާރާއާއިން މީގެ އިރުކޮޅެއް ކުރިން ކުރި ޓްވީޓެއްގައި ހާމަކޮށްފައިވާ ގޮތުގައި މިއަދު ކޮވިޑް 19 އަށް ޝައްކު ކުރެވޭ މީހަކު އެކަހެރި ކޮށްފައިވާކަމަށެވެ.


އިޓަލީ އަކީ ބަލި ފުރަތަމަ ފެނުނު ޤައުމު ކަމުގައިވާ ޗައިނާއަށް ފަހު ބަލީގައި އެންމެ ގިނަ އަދަދެއްގެ ބަޔަކު މަރުވެފައިވާ ޤައުމެވެ. އިޓަލީގައި ކޮވިޑް-19 ޖެހިގެން 107 މީހަކު ވަނީ މަރުވެފައެވެ.

މިކަމާއި ގުޅޭ އިތުރު ތަފްސީލެއް އެޗްޕީއޭއިން އަދި ހާމަނުކުރެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.