ރާއްޖޭގައި ހުރިހާ މައްސަލަތަކެއް ދިމާވަނީ ކުދިންނަށް ހެނދުނު ސައި ނުދޭތީ ކަމަށް ރައީސް ނަޝީދު ވިދާޅުވެއްޖެއެވެ. އަދި ތަރައްގީއަށް ކުރަން ޖެހޭނެ ކަމަކީ ސައި ދިނުން ކަމުގައި ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ. 

ގދ. ފަރެސްމާތޮޑާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ރާއްޖޭގެ ތަރައްގީއަށް އެންމެ ބޭނުން ހުރި ކަމަކީ ބޮޑު ހިލަ ބަނދަރު ހެދުމާއި އެއްގަމު ތޮށިލުމާއި މަގު ހެދުމާއި އަދި ފެނާއި ނަރުދަމާ އެޅުމެއް ނޫން ކަމަށާއި އެ ހުރިހާ ކަމެއް ކުރުމަށް ވުރެ ހެނދުނު ސްކޫލަށް ދާ ކުއްޖާއަށް ދޮންކޭލާއި ކިރުތަށި ދިނުން މާ މުހިންމު ކަމަށެވެ.

“އަހާނެ ކީނހޭ ވީ، އަޅުގަނޑުމެން ކީނހޭ ކުރީ. ކުރި ކަމަކީ 206 ކުދިންނަށް ކޮންމެ ދުވަހަކު ހެނދުނު ސައި ދިނުން. ހަމަ ކޮންމެ ދުވަހަކު. އިއްޔެ ވެސް މާދަން ވެސް އޭގެ ކުރީ ދުވަހު ވެސް. އަޅުގަނޑުމެން ދެކޭ ގޮތުގައި އެ ކުއްޖާއަށް ސައި ދިނުން އެއީ މި ރާއްޖޭގެ ތަރައްގީއަށް އެންމެ ބޭނުން ކަންތައް،" ރައީސް ނަޝީދު ވިދާޅުވި އެވެ.

ހެނދުނު ހޭލައިގެން ކުދިން ރަނގަޅަށް ސައި ނުބޮއި ސްކޫލަށް ދާނަމަ ފިލާވަޅަކަށް ޝައުގުވެރިކަމެއް ނުދެވޭނެ ކަމަށާއި އޭގެ ނަތީޖާއަކަށް ސްކޫލުން ފެއިލްވާނެ ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ. އަދި ދެ އަހަރު ފެއިލްވާއިރު ދެން ހުންނާނީ ވަޅިއެއް ހިފައިގެން ކަމަށާއި އެއަށް ފަހު މަސްތުވާތަކެއްޗަށް ގޮސް ނިމޭނީ އައިސިސް ޖަަމާއަތާ ގުޅިގެން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސް ނަޝީދު ވިދާޅުވީ މިރާއްޖޭގެ ހުރިހާ މައްސަލައެއް ހުއްޓިފައި މިއޮތީ މި ކިރުތައްޓަށްކަމަށެވެ.

ހެނދުނު ކުދިންނަށް ސައިދޭން ވީވަގުތު ކުދިންނަށް އެކަން ކޮށްދެއްވުމުން ކަންތައްތައް ރަނގަޅުވަމުން ދާނެ ކަމުގައި ރައީސް ނަޝީދު ވިދާޅުވިއެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.