ދިވެހިރާއްޖެ ކުރިއަށްދާނީ ގައުމީ އަދި އިސްލާމީ ވިސްނުމުގައި ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.
ސަރުކާރު ހިންގާ ކޯލިޝަންގެ އެއް ލީޑަރު އަދި މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރުއެމް) ގެ ލީޑަރ ކުރެއްވި ޓްވީޓެއްގައި ވަނީ، ރާއްޖެ މީގެ ކުރިންވެސް ކުރިޔަށް ދިޔައީ ގައުމީ އަދި އިސްލާމީ ވިސްނުމުގައި ކަމަށާއި ރާއްޖޭގެ މުސްތަގްބަލްވެސް އޮތީ އެގޮތުގައި ކަމަށް ގަބޫލްފުޅު ކުރައްވާ ކަމަށެވެ.
އަދި މުސްތަޤްބަލުގައިވެސް ރާއްޖެ ކުރިއަށް ދާނީ އިރާދަކުރެއްވިއްޔާ ހަމަ ޤައުމީ އަދި އިސްލާމީ ވިސްނުމުގައި
ރާއްޖެ ވޭތުވެދިޔަ ދިގުމުއްދަތުގައި ކުރިއަށް ދިޔައީ ޤައުމީ އަދިއިސްލާމީ ވިސްނުމުގައި . އަދި މުސްތަޤްބަލުގައިވެސް ރާއްޖެ ކުރިއަށްދާނީ އިރާދަކުރެއްވިއްޔާ ހަމަ ޤައުމީ އަދި އިސްލާމީ ވިސްނުމުގައި.
— Maumoon Abdul Gayoom (@maumoonagayoom) March 13, 2021
މައުމޫންގެ މި ޓްވީޓްގައި އިޝާރާތް ކުރެއްވީ ކޮން މައްސަލައަކާއިމެދު ކަމެއް ސާފު ވެފައެއްނުވެ އެވެ.
ނަމަވެސް ރައްޔިތުންގެ އުއްމީދުތައް ގުޅިފައިވަނީ އެމްޑީޕީގެ ފަލްސަފާގައި ކަމަށާއި، ރާއްޖެ ކުރިއަށް ދާނީ އެ ޕާޓީގެ ވިސްނުމުގައި ކަމަށް އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވަނީ އިއްޔެ ކުރިޔަށް ދިޔަ ކެމްޕޭން ޖަލްސާއެއްގައި ވިދާޅުވެފަ އެވެ. އެކަމަކު އެއީ ސީދާ މިކަމަށް އިޝާރާތް ކުރައްވާ ވިދާޅުވި އެއްޗެއް ކަމެއް އެނގިފައެއް ނުވެ އެވެ.
ރައްޔިތުންގެ ހުރި ކަންބޮޑުވުންތަކާއި ގުޅޭ ޓްވީޓްތައް ރައީސް މައުމޫން ދޭތެރެ ދޭތެރެއިން ކުރައްވަ އެވެ.