އަލްހާން އަށް ދެއްވާ ކޮންމެ ވޯޓަކާއި އެކީ މާލޭގެ ކޮންމެ ރައްޔިތަކަށް ހިލޭ ބޯހިޔާވަހިކަން ޔަގީންވާނެ ކަމުގައި ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި މާލޭ މޭޔަރު ކަމަށް ކުރިމަތި ލައްވާފައިވާ އަލްހާން ފަހުމީ ވިދާޅުވެއްޖެއެވެ.

އަލްހާން އިތުރަށް ދިވާޅުވެފައިވަނީ އަލްހާން އަކީ ހަމައެކަނި މިނިވަން ކެންޑިޑޭޓް ކަމަށާއި، ވެރިކަން ހަވާލުކުރަން ވާނީ މިނިވަނުންނާއި ކަމަށެވެ. އެކަން މިއަދުގެ ދިވެހި ވެރިކަމުން ސާފު ފަތިހަކަށް އެެހެރަގެން އަލިވިލެނީ ކަމަށާއި ތަފާތު ދައްކާނެކަމަށެވެ.

އަލްހާން ވަނީ މިވަގުތު ވަކި ޕާޓީއެއްގައި ހުރުމަކީ އޭނާގެ ސިޔާސީ މިނިވަންކަމާއި މެދު ސުވާލު އުފެދޭނެ ކަމަކަށްވާތީ ޖޭޕީގެ މެމްބަރުކަމުން އިސްތިއުފާ ދެއްވާފައެވެ.

އެމްޑީޕީގެ ކުރީގެ ނައިބު ރައީސް އަދި ފޭދޫ ދައިރާގެ މެމްބަރުކަން ވެސް ކުރިން ކުރެއްވި އަލްހާން ޖޭޕީއާ ދެވަނަ ފަހަރަށް ގުޅިވަޑައިގަތީ 2018 ވަނަ އަހަރުގެ ފަހުކޮޅުއެވެ.

ޖޭޕީއަށް އައުމުގެ ކުރިން އަލްހާން ހުންނެވީ ޕީޕީއެމްގައެވެ. ނަމަވެސް 2018 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިހާބަށް ފަހު މާގިނަ ދުވަހެއް ނުވެ އަލްހާން ވަނީ ޕީޕީއެމުން ވަކިވެ ވަޑައިގެންފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.