ކޮރޯނާވައިރަސް ގިނަ ގައުމުތަކެއްގައި ފެތުރެމުންދާތީ ސައުދީގައި މިވައިރަސް އިތުރަށް ފެތުރުމުގެ ބިރާއެކު އުމްރާގެ އަޅުކަން ވަގުތީ ގޮތުން ހުއްޓާލަން ނިންމާފައިވާކަން ސައުދީ ސަރުކާރުން އިއުލާންކޮށްފިއެވެ.

ސައުދީ ސަރުކާރުން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ސައުދީގެ ރައްޔިތުންނަށް ވެސް އަދި އެގައުމުގައި އުޅޭ އެހެން ގައުމުތަކުގެ ރައްޔިތުންނަށް ވެސް އުމްރާގެ އަޅުކަން މިވަގުތު އަދާ ނުކުރެވޭނެ ކަމަށެވެ.

އަދި އުމްރާގެ އަޅުކަން އަދާކުރުމަށް ސައުދީ އަށް އައިސްފައިވާ އެހެން ޤައުމުތަކުގެ މީހުން އަނބުރާ ގައުމަށް ފޮނުވާލުމަށް ސައުދީ ސަރުކާރުން އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށްވެސް ވަނީ ބުނެފައެވެ. 

ސައުދީން މިބައްޔަށް މީހަކު ޕޮޒިޓިވް ވެފައިވާއިރު، ސައުދީގެ އަވަށްޓެރި ގައުމުތަކުން ވެސް މި ބަލި ޖެހިފައިވާ މީހުން ވަނީ އިތުރުވެފައެވެ.

ކޮރޯނާވައިރަސް ޖެހިފައިވާ މީހުން އީރާނުން  ފެނިފައިވާއިރު ވައިރަހުގެ ސަބަބުން މިހާތަނަށް އެގައުމުން ވަނީ ގިނަ ބަޔަކު މަރުވެފައެވެ. މީގެ އިތުރުން ކުވެއިތު، ބަހްރެއިން، އޮމާން، ލުބްނާން އިރާގު އަދި ޔޫއޭއީއިން ވެސް ވަނީ މިވައިރަސް ޖެހިފައިވާ މީހުން ފެނިފައެވެ.

ސައުދީން ވަނީ މިދިޔަ ހަފްތާގައި އުމްރާގެ އަޅުކަން އަދާކުރުމަށް އެހެން ގައުމުތަކުން މީހުން އެގައުމަށް އައުން ވެސް ވަގުތީ ގޮތުން މަނާކޮށް، މިވައިރަސް މިހާތަނަށް ފެނިފައިވާ ގައުމުތަކުގެ މީހުން ސައުދީއަށް އެތެރެވުން މަނާކުރަން ނިންމާފައެވެ.


0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.