މެދު ހެންވޭރު ދާއިރާގެ މެމްބަރު އަދި އެންމެ ބޮޮޑު ޕާޓީގެ ޕާލިމެންޓްރީ ގުރޫޕްގެ ލީޑަރ އަލީ އާޒިމް ވަނީ މިފަހުން ކޮވިޑަށް ޕޮޒިޓިވްވެފަ އެވެ. ނަމަވެސް އާޒިމްވެސް ވެގެންދިޔައީ ކޮވިޑަށް ޕޮޒިޓިވްވާ އެހެން ގިނަ އާންމުންނެކޭ އެއްގޮތަށް ބަލީގެ ބޮޑެތި އަލާމަތްތަކެއް ނުފެނި ޕޮޒިޓިވްވި ފަރާތަކަށެވެ.
ސީދާ ބަލި ޖެހުނީ ކިހިނެއްކަމެއް އެނގިވަޑައިނުގަތަސް އައިޖީއެމްއެޗްގައި މަސައްކަތްކުރައްވާ އޭނާގެ އަނބިކަނބަލުންވެސް ވަނީ ބައްޔަށް ޕޮޒިޓިވްވެފަ އެވެ. އެހެންކަމުން އާޒިމަށް ބަލި ޖެހުނީ އަންހެނުންގެ ފަރާތުންކަން ބޮޑަށް ލަފާކުރެވޭ އެވެ. އެކަމަކު ސީދާ ޔަގީނެއް ނޫނެވެ.
އާޒިމް ވަނީ "ޖަޒީރާ" އަށް ކުރެވުނު ތަޖުރިބާތައް ހިއްސާކޮށްދެއްވާފަ އެވެ. އެގޮތުން ''ޖަޒީރާ'' އާ ވާހަކަ ދައްކަވަމުން އާޒިމް ވިދާޅުވީ، ކޮވިޑުގެ ބިރުވެރިކަން އިހްސާސް ކުރެވެން ފެށީ ޖެހިގެން އައި ދުވަހު ކަމަށެވެ.
ޖެހިގެން އައި ދުވަހު ވަރަށް ގަދަޔަށް ހުން އައިސް، އެކި ދުވަހު އެކިގޮތްގޮތް ވަނީ. ގައިގައި ރިއްސާ، ހުރިހާ ހުޅެއްގައި ރިއްސާ ބަނޑުގައި ރިއްސާ
ކޮވިޑް ބައްޔަކީ ނޭވާލާ ނިޒާމަށް ޖެހޭ ބަޔަކަށްވާއިރު ނޭވާލުމުގައި ވެސް ދަތިތަކެއް ދިމާވި ކަމަށް ފޯނުން ވާހަކަ ދައްކަވަމުން ހޯމް ކަރަންޓީނުގައި ހުންނެވި އާޒިމް ވިދާޅުވި އެވެ.
ދެމަފިރިން ޕޮޒިޓިވްވިޔަސް އާއިލާގެ އެއްވެސް ބޭފުޅަކަށް ބަލި ނުޖެހެ އެވެ.
މި މަހުގެ އަށްވަނަ ދުވަހު އާޒިމް ޕޮޒިޓިވްވިއިރު، މިއަދަށް ހަ ދުވަސް ވެފައިވާއިރު އާޒިމްގެ ހާލު ކުރިޔަށްވުރެ މިހާރު ރަނގަޅެވެ. އަބަދުވެސް ކަސްރަތު ކުރައްވަމުން ގެންދަވާ އާޒިމް ވިދާޅުވީ، ހަށިގަނޑަކަށް ލިބުނު ލުޔާއި އެކު މިއަދުން ފަށައިގެން ކަސްރަތުކުރުން ކުރިޔަށް ގެންދަވާނެ ކަމަށެވެ.
އާޒިމް ވިދާޅުވާ ގޮތުގައި މިއީ ވަރަށް އާދަޔާ ހިލާފު ތަޖުރިބާ އެވެ. އެެއް ގޮތުން ބަލާނަމަ އޭނާއަށް ލިބުނު އުފަލެއްވެސް އެބައޮތެވެ. އެއީ އާއްމު ގޮޮތެއްގައި އުޅުއްވަން ޖެހޭ ބިޒީކަމުން އަންހެނުުންނާއެކު ހޭދަކުރައްވާ ވަގުތު އޮންނަނީ މަދުވެފަ އެވެ. އެކަމަކު ދެމަފިރިންވެސް އެކަހެރިވެ އެއްކޮށް ވަގުތު ހޭދަކުރައްވަން ލިބުނު ފުުރުސަތު އާޒިމް ސިފަކުރީ ނަސީބެއްގެ ގޮތުގަ އެވެ.
އަންހެނުންނާ ދެ މީހުން 14 ދުވަސް ވަންދެން އެއްކޮށް އުޅުމުގެ ފުރުސަތު ލިބުނީމަ އުފަވެރި ކަމެއް. މިއަށްވުރެ ނަސީބު ގަދަކޮށް ދިމާނުވާނެ
ޓްވިޓާގައި ހިއްސާކުރެއްވީ ވީޑިއޯއެއްގައި އާޒިމް ވިދާޅުވީ، ވެކްސިން ނުޖެހުމުގެ ދެރައާއި ހިތާމަ ތަހައްމަލު ކުރައްވަމުން ގެންދަވާ ކަމަށެވެ. ހުރިހާ އެންމެންވެސް ވެކްސިން ޖެހުމަށް އާޒިމް ވަނީ އިލްތިމާސް ކުރައްވާފަ އެވެ.
You constant prayers and well wishes strengthens my resolve to fight COVID illness. Thank you all 🙏
It’s your shot. Get vaccinated#covid19 #GetVaccinated pic.twitter.com/3lZsr5a37H
— 𝐀𝐥𝐢 𝐀𝐳𝐢𝐦 (@aliaazim) March 13, 2021
ރާއްޖެއިން މިހާތަނަށް ކޮވިޑަށް 21 ހާހަށްވުރެ ގިނަ މީހުން ވަނީ ކޮވިޑަށް ޕޮޒިޓިވްވެފަ އެވެ. ރާއްޖެއަކީ ސަރަހައްދުންވެސް ވެކްސިން އެންމެ ފަސޭހައިން ލިބޭ ޤަައުުމުކަމަށްވާއިރު، އާބާދީގެ ގާތްގަނޑަކަށް 35 އިންސައްތަ މިހާތަނަށް ވެކްްސިންވެސް ޖަހާފައިވެއވެ.
ދިވާލީ ފާހަގަކުރީތަ!
ވެކްސިން ނުޖަހާ ހުރީ ފައިޒަރ ޖަހަން ވެގެން؟
ގޮތްކުޑައެއްނު އަޅެ. އަހަރުމެން ގަޔަށޭ ގެރިގޮރު އެޖެހީ 15 ގެ ފަހުން ނުޖަހާނަމޭ ކިޔާ އޮޅުވާލައިގެން.
އަނގަ އައްޕައްޗެއްހެން ހަދައިގެން ކަޅުނަގޫސޭސަރަކު ހުއްޓަސް ބަލާލާކަށް ރީއްޗެއް ނުވާނެތާ!