ޑިސެމްބަރު މަހު ފެތުރެންފެށި ކޮރޯނާ ވައިރަސް ގެ ދެބާވަތެއް ފެތުރެމުންދާކަމުގައި ޗައިނާގެ ސައިންސްވެރިން ބުނެފިއެވެ.

ޗައިނާ ސައިންސްވެރިން ބުނާގޮތުގައި ކޮރޯނާވައިރަސްގެ ދެބާވަތުގެ ތެރެއިން ގިނަމީހުންނަށް ޖެހިފައިވަނީ އޭގެ އެންމެ ބާރުގަދަ ވައްތަރެވެ. 

ބެއިޖިން އަދި ޝަންހާއީގެ ތަޖުރިބާކާރުން ބުނާގޮތުގައި 70 ޕަސަންޓުމީހުންނަށް ޖެހިފައިވަނީ އެންމެ ބާރުގަދަ ކޮރޯނާވައިރަސްއެވެ. އަދި މިހާރު އާންމުކޮށް ފެތުރެމުން އަންނަނީ މިބާވަތަށް ވުރެއް ބާރުދެރަ ބަލީގެ އަލާމަތް ނުފެނި ގިނަދުވަހު ހަށިގަނޑުގައި ހުންނަ ވައިރަސް އެއްކަމުގައި ވަނީ ބުނެފައެވެ. 

މިވައިރަސް “މިއުޓޭޓް” ވެފައިވުމުން މިވައިރަސް އަށް ފަރުވާއެއް ހޯދުމަށް ދަތިތަކާ ކުރިމަތި ވާކަމަށްވެސް ސައިންސްވެރިން ވަނީ ބުނެފައެވެ. 

ސިއްހީ ތަޖުރިބާކާރުން ބުނާގޮތުގައި އެމީހުން މިވައިރަސް ބަދަލު ވަމުން އަންނަގޮތް ބެލުމަށް ބޭނުންކުރީ 103 ސާމްޕަލް ކަމަށާއި، މިއީ މިތަހުލީލު ކުރަން ބޭނުންކުރި މަދު މިންވަރެއްގެ ޑާޓާ ކަމަށެވެ. އެހެންކަމުން އިތުރު ތަހުލީލުތައް އަދިވެސް ކުރަމުން އަންނަކަމަށާއި، ޖަނަވާރުންގެ ފަރާތުން އިންސާނުންނަށް ފޯރާ މިފަދަ ވައިރަސް މިގޮތަށް ދެބާވަތަކަށް ބަދަލުވުމަކީ އެކަށީގެންވާކަމެއް ކަމަށެވެ. 

މިތަހުލީލުތައް ކޮށްފައިވަނީ ބެއިޖިންގ ގެ ޕެކިންގ ޔުނިވަރސިޓީ އަދި ޝަންހާއީ ޔުނިވަރސިޓީގެ އިތުރުން ޗައިނީޒް އެކަޑަމީ އޮފް ސައިންސަސްގެ ތަޖުރިބާކާރުންނެވެ. 

ސައިންސްވެރިން ތަހުލީލުކުރި 103 ސާމްޕަލް ޖީން އިން ފެނިފައިވާ ދެބާވަތަށް “އެސް”އަދި “އެލް” މިދެނަމުން ވަނީ ނަންދީފައެވެ. 

އެމީހުން ބުނެފައިވަނީ %70 މީހުންނަކީ ހަލުވިކަމާއި ވަރުގަދަކަމާއެކު ފެތުރޭ އެލް ވައިރަސްގެ އަސަރު ކޮށްފައިވާ މީހުން ކަމަށެވެ. އަދި މިވައިރަސް ފެތުރެން ފެށީ އެލް ވައިރަސް އިން ކަމުގައި ވީނަމަވެސް މިހާރު އާންމުވަމުން މިދަނީ އެސް ވައިރަސްކަމަށެވެ. 

އެސް ވައިރަސް އެހާ ވަރުގަދަ ނުވިނަމަވެސް އެ ވައިރަސްއަކީ ޖަނަވާރުންގެ ފަރާތުން އިންސާނުންނަށް ފުރަތަމަ ފޯރި ވައިރަސް ކަމަށާއި މިހާރު ގިނަމީހުންގެ ގަޔަށް ފެތުރެމުންދަނީ އެވައިރަސް ކަމަށެވެ. އަދި ވައިރަސްގެ މިބާވަތް އަލާމާތެއް ނުފެނި ގިނަދުވަހު ހަށިގަނޑުގައި ހަރުލާ ހުންނާތީ ބަލިމީހާގެ ހާލަތު އެންމެ ނާޒުކު ހިސާބަށް ދާއިރު މިވައިރަސް އިތުރު މީހުންގެގަޔަށް ފެތުރުމުގެ ފުރުސަތުލިބޭކަމަށެވެ. 

ސައިންސްވެރިން މިހާރުވެސް ދަނީ އިތުރަށް ކޮރޯނާވައިރަސް ދެނެގަނެ ފަރުވާއެއް ވީއެންމެ އަވަސް ފުރުސަތެއްގެ ތެރޭ ހޯދުމަށް ތަހުލީލުތައް ކުރަމުންނެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *