ބާޣީ-3 ގައި ހިމެނޭ ޑަޔަލޮގެއްގެ ސަބަބުން ޓައިގަރ ޝްރޮފްއަށް ނުރައްކަލެއް އަތުވެދާނެކަމުގެ ބިރު ހީވެއްޖެއެވެ. މީގެ ދެތިން ދުވަސް ކުރިން ބާޣީ-3 ގެ ޓްރެއިލަރ އާންމު ވުމާއި އެކު ޓައިގަރ އަށް ހެޔޮ އެދޭފަރާތްތަކުން ދަނީ މިކަމުގެ ކަންބޮޑުވުން ފާޅުކުރަން ފަށާފައެވެ. ބައެއް މީހުން ދެކޭ ގޮތުގައި ޓައިގަރގެ މި ޑަޔަލޮގަކީ ވަކި ޤައުމެއް ދަށްކޮލުމުގެ ގޮތުން ބޭނުންކޮށްފައިވާ ޑަޔަލޮގެކެވެ.

މި ޑަޔަލޮގް ގައި ޓައިގަރ ބުނަނީ، " އަހަރެންގެ ބައްޕަ ގަންދީފައި ބުނަމެވެ. އަހަރެންގެ ބޭބެއަށް އެއްވެސް ގެއްލުމެއް ދީފިނަމަ، ކަލޭމެންގެ ޤައުމު ދުނިޔޭގެ ޗާޓުން ފޮހެލާނަމެވެ" ޓައިގަރ ގެ މި ބަސް ރައްދުވަނީ، ސީރިޔާއަށެވެ. މި ޑަޔަލޮގްގެ އަޑުތަށް ގަދަވެފައި ވަނިކޮށް، ނޫސްވެރިއަކުން މިކަމާއި ގުޅޭގޮތުން ސުވާލު ކުރުމުން ޓައިގަރ ބުނީ، އެއީ ހަމަ ފިލްމުގައި ހިމެނޭ މަންޒަރެއް ކަމަށާ، ވަކި ޤައުމަކަށް ކުޑައިމީސް ބަހެއް ރައްދުކޮށް ދެރަކޮށްލުމުގެ އެއްވެސް ނިޔަތެއް ނެތް ކަމަށެވެ. ނަމަވެސް ސޯޝަލް މީޑިޔާގައި ބައެއް މީހުންވަނީ މިކަމަށް ފާޑުކިޔާ، އެއީ ވަކި ޤައުމަކާއި މެދު ބުނެވިގެން ވާނޭ ބަހެއް ނޫންކަމަށް ބުނެ ނުރުހުން ފާޅުކުރަމުންނެވެ.

މަޝްހޫރު ކޮރެއޮގްރާފަރ އެހެމަދު ޚާން ޑައިރެކްޓް ކުރި މި ފިލްމު ސިނަމާތަކަށް އަންނާނީ މާރޗް 6 ގައެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.