ކޮރޯނާވައިރަސްގެ ސަބަބުން ދުނިޔޭގެ ތިޔޭޓަރ މާކެޓަށް އައިސްފައިވާ ހީނަރުކަމުގެ ސަބަބުން ޖޭމްސް ބޮންޑް ފިލްމުގެ " ނޯ ޓައިމްޓު ޑައި" ނޮވެމްބަރުމަހު ރިލީޒް ކުރާގޮތަށް ފަސްކޮށްފިއެވެ.

ބޮންޑް ސީރީޒްގެ 25 ވަނަ ފިލްމު ނޯރތް އެމެރިކާގައި ރިލީޒްކުރުން އޭޕްރިލް 10 އަކަށް ކުރިން ނިންމާފައި ވީނަމަވެސް، އެމްޖޯއެމް އަދި ޔުނިވަރސަލް އިން ބުދަދުވަހު ހާމަކުރިގޮތުގައި ފިލްމު ރިލީޒް ކުރުން ވަނީ ފަސްކުރަންޖެހިފައެވެ.

ފިލްމުގެ އޮފިޝަލް ޓްވިޓަރ އެކައުންޓުން ހާމަކޮށްފައިވަނީ، ފިލްމު ރިލީޒް ކުރުން ލަސްކޮށްފައި މިވަނީ ދުނިޔޭގެ ތިއޭޓަރ މާރކެޓް ރަނގަޅަށް ދިރާސާކޮށް ބެލުމަށް ފަހުގަކަމަށެވެ. 

މިހާރު މިފިލްމު ރިލީޒް ކުރަން ހަމަޖެހިފައިވާ ތާރީހަކީ 25 ނޮވެމްބަރު 2020 ވަނަދުވަހެވެ.

 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.