ޗިލީން ކޮރޯނާ ވައިރަހަށް ޕޮޒިޓިވްވި މީހާ ފާއިތުވި ދުވަސްތަކުގެ ތެރޭގައި ރާއްޖެ އަށް ދަތުރުކޮށްފައިވާ ކަމަށް އެގައުމުގެ ނޫސްތަކުން ރިޕޯޓުކޮށްފައިވާތީ އޭނާގެ މައުލޫމާތު ހޯދުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެންއޭ) އިން ބުނެފި އެވެ.

އެމީހާ ވަނީ މަހެއްހާ ދުވަހުގެ ތެރޭގައި ސިންގަޕޫރާއި މެލޭޝިއާ އިންޑޮނޭޝިއާ، ރާއްޖެ އަދި ސްޕެއިނަށް ދަތުރުކޮށްފައެވެ. އެމީހާ ޗިލީއަށް ދިޔައީ މިދިޔަ މަހުގެ 25 ގަ ކަމަށާއި އެމީހާ ވަނި 1 މާޗުން ފެށިގެން ނޭވާލުމުގެ ނިޒާމުގެ މައްސަލަތަކާއި ކުރިމަތިލާފައި ވުމުން އެމީހާ ޓެސްޓުކުރުމުން ކޮރޯނާވައިރަސްއަށް ވަނީ ޕޮޒިޓިވް ވެފައެވެ. 

އެންޑީއެމްއޭ އިން ކުރި ޓްވީޓެއްގައި ބުނީ ރާއްޖެ ދަތުރުކުރި ޗިލީ ނިސްބަތްވާ މީހަކު ވައިރަހަށް ޕޮޒިޓިވް ވެފައިވާ ކަމަށް ބުނާ ވާހަކަ އެ އޮތޯރިޓީގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ. އަދި އެކަމާއި ގުޅިގެން ޗިލީގެ ސިއްހަތާ ބެހޭ އިދާރާ އާއި، ގައުމީ އަދި ބައިނަލްއަގުވާމީ ސްޓޭކްހޯލްޑަރުންނާ ގުޅިގެން މިހާރު މަސައްކަތް ފަށާފައިވާ ކަމަށް އެންޑީއެމްއޭ އިން ވަނީ ބުނެފައެވެ. 


0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *