ޕީޕީއެމް އޮފީސް ސަރަހައްދު ބަންދުކޮށްފައި

ޕްރޮގްރެސް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) ގެ އޮފީސް ހިމެނޭ ސަރަހައްދު ފުލުހުން ބަންދުކޮށްފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި، ޕީޕީއެމް އޮފީސް ސަރަހައްދު ބަންދު ކޮށްފައިވަނީ މިއަދު އިދިކޮޅު ކޯލިޝަނުން ކުރުމަށް ނިންމާފައިވާ މުޒާހަރާ އާ ގުޅިގެންނެވެ.

ޕީޕީއެމް އޮފީސް ހުންނަ ބޮޑުތަކުރުފާނު މަގުގެ ބައެއް ފުލުހުން ބަންދުކޮށްފައިވަނީ މިއަދުގެ މެންދުރުގެ ވަގުތެއްގައެވެ. އެގޮތުން، މެންދުރުން ފެށިގެން ފުލުހުން ދަނީ ބެރިކޭޑް ޖަހައިގެން އެ ސަރަހައްދަށް ނުވަދެވޭ ގޮތަށް މީހުން ހުއްޓުވަމުންނެވެ.

އިދިކޮޅުން ވަނީ މުޒާހަރާތައް ހުއްޓާލާނީ ސަރުކާރުން މަޝްވަރާކުރުމަށް އެއް މޭޒު ދޮށަށް އައުމުން ކަމަށް ބުނެފއެވެ.

ކޮވިޑް-19 މިހާރު ހަލުވި ކަމާއެކު ފެތުރެމުންދާއިރު، އެޗްޕީއޭ އިން ވަނީ އެއް ފަހަރާ އެންމެ ގިނަ ވެގެން އެއްވެ އުޅެވޭނީ ފަސް މީހުން ކަމަށް ބުނެފައެވެ. އަދި، އެޗްޕީއޭ ގެ ގައިޑްލައިންތަކާއި ހިލާފުވާ ފަރާތްތަކާއި މެދު ފިޔަވަޅު އަޅާނެކަމަށް ފުލުހުންވެސް ވަނީ ބުނެފައެވެ.

ފުލުހުން މިހެން ބުނެފައިވަނިކޮށް، މިދިޔަ ހަފްތާގެ ހުކުރު ދުވަހުވެސް އިދިކޮޅުންވަނީ އެޗްޕީއޭ ގެ ގައިޑްލައިންތަކާއި ހިލާފަށް މާލޭގެ މަގުތަކުގައި މުޒާހަރާކޮށްފައެވެ. އެ މުޒާހަރާގެ ތެރެއިން 39 މީހަކު ފުލުހުން ހައްޔަރުކުރިއިރު އެ އެންމެން ވެސް 1000 ރުފިޔާއިން ޖޫރިމަނާކުރުމަށްފަހު ފަހުން ދޫކޮށްލިއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *