ވައިޓް ޓައިގަރ ގެ ލީޑު ރޯލުން ފެނިގެންދިޔަ އާދަރްޝް ގޯރަވް

ވައިޓް ޓައިގަރ ގެ ލީޑު ރޯލުން ފެނިގެންދިޔަ އާދަރްޝް ގޯރަވް 2021 ވަނަ އަހަރުގެ އެންމެ މޮޅު އެކްޓާއަށް ބެފްޓާ އެވޯޑުގައި ނޮމިނޭޓްވުމުން ގިނަ ބަޔެއްގެ ތައުރީފް އޭނާއަށް އަމާޒުވެއްޖެއެވެ.

ބޮލީވުޑްގެ މަޝްހޫރު ބަތަލާ ޕްރިޔަންކާ ޗޯޕްރާ އާއެކު ވައިޓް ޓައިގާރ އިން ފެނިގެންދިޔަ އާދަރްޝް ގޯރަވްގެ މި ނޮމިނޭޝަންއާ މެދު ދެމީހުންވެސް ވަނީ އުފާ ފާޅުކޮށްފައެވެ.

ޕްރިޔަންކާ އާދަރްޝް ގޯރަވްއަށް ތައުރީފުކޮށް ޓުވިޓާގައި ޓުވީޓުކޮށްފައިވަނީ "ހުސް އިންޑިއާ މީހުން ފެނިގެންދިޔަ މި ފިލްމަށް 2 ބެފްޓާ ނޮމިނޭޝަން ލިބުމުން އެއީ އިންޑިއާގެ ހުނަރު ދައްކުވައިދޭ ކަމެއް ކަމަށާއި އަދި އެކަމާ ފަހުރުވެރިވާ ކަމަށެވެ. ގޯރަވް އާދަރްޝްއަށް ލިބުނު ކުރިއެރުމަކީ އޭނާއަށް ހައްގު އެއްޗެއް އަދި ރާމިން ބަހްރާނީގެ ނޮމިނޭޝަނަށްވެސް މަރުހަބާކިޔާ ކަމަށް ވެސް ޕްރިޔަންކާ ބުނެފައިވެއެވެ. މީގެ އިތުރުންވެސް ޕްރިޔަންކާ ކުރި ޓުވީޓޭއްގައިވަނީ ވައިޓް ޓައިގަރ ގެ އެގްޒެކެޓިވް ޕްރޮޑިއުސަރަކަށް ވުމުން އެކަމާ ވަރަށް ބޮޑަށް އުފާކުރާ ކަމަށެވެ.

ހަމައެއާއެކު މި ފިލްމުވަނީ ބެސްޓް އެޑަޕްޓެޑް ސްކްރީންޕްލޭގެ ކެޓަގަރީއިންވެސް ނޮމިނޭޓްވެފައެވެ. ވައިޓް ޓައިގަރ ތައްޔާރުކުރެވިފައިވަނީ އަރަވިންދު އަޑީގާގެ ފުރަތަމަ ފޮތަށްވެފައި އެންމެ މޮޅު ފޮތުގެ އެވޯޑު ކާމިޔާބުކުރި ފޮތުގެ މައްޗަށެވެ. މި ފިލްމު ޑައިރެކްޓްކޮށްފައިވަނީ ރާމިން ބަހްރާނީއެވެ.

އާދަރްޝްގެ އިތުރުން އެކެޓަގަރީގައި ނޮމިނޭޓްވެފައިވަނީ މަ ރެއިނީސް ބްލެކް ބޮޓަމް އިން ޗެޑްވިކް ބޯސްމެން, ސައުންޑް އޮފް މެޓަލް އިން ރިޒް އަހްމަދު, ދަ ފާދާ އިން އެންތޮނީ ހޮޕްކިންސް, އަނަދާ ރައުންޑް އިން މެޑްސް މިކެލްސަން އަދި ދަ މޮރިޝިއަން އިން ތަހާރު ރަހީމުއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *