ރާއްޖޭގައި އިސްލާމްދީނާ ދެކޮޅު އެއްވެސް ޖަމްއިއްޔާއެއް މަސައްކަތް ކުރުމުގެ ފުރުސަތެއް ނެތް ކަމުގައި ރައީސް ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވެފައިވަނީ  އެމަނިކްފާނުގެ އެހީތެރުކަމާއިއެކު ދީނާ ދެކޮޅު ޖަމްއިއްޔާތައް ގެންނަކަމަށް ވިދާޅުވެ ޕީޕީއެމް/ޕީއެންސީގެ މެމްބަރު އަބްދުއްﷲ ޚަލީލް ކުރައްވާފައިވާ ޓްވީޓްއަކާއި ގުޅިގެންނެވެ. 

ރައީސް ނަޝީދު ވިދާޅުވެފައިވަނީ " ރާއްޖޭގައި އިސްލާމްދީނާއި ދެކޮޅު އެއްވެސް ޖަމްއިއްޔާއެއް މަސައްކަތް ކުރުމުގެ ފުރުސަތެއް ނެތް ކަމަށާއި، އެމަނިކްފާނުގެ އެހީތެރކަމާއެކު އެފަދަ ޖަމްއިއްޔާތައް ގެންނަކަމަށް ވިދާޅުވެ ޕީޕީއެމް/ޕީއެންސީ މެމްބަރު ޚަލީލް ދައްކަވާ ވާހަކަތަކަކީ ދިވެހިންގެ ހިތްތަކުގައި ނަފްރަތާއި ފިތުނަވެރިކަން އުފައްދަން ދައްކަވާ ވާހަކަ ކަމުގައެވެ.

ޑރ ހަލީލް ވިދާޅުވެފައިވަނީ ކުއިލިއަމް ރާއްޖެ ގެނެސް ވަރކްޝޮޕްތައް ހިންގަނީ ސްޕީކަރ ނަޝީދު ގެ އެހީތެރިކަމާއެކު ސަރުކާރުގެ އިސް ބައެއް ބޭފުޅުންކަމުގައެވެ.

ބައެއް މިޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި މިފަދަ ވޯކްޝޮޕްތައް ރާއްޖޭގައި ހިންގަމުން ދަނީ، ދީނީ ހައްދު ފަހަނައަޅާދިއުމާ ދެކޮޅަށް އިނގިރޭސިވިލާތުގައި މަސައްކަތްކުރާ ޖަމިއްޔާއެއް ކަަމަށްވާ ކުއިލިއަމް ފައުންޑޭޝަންގެ ފަރާތުންނެވެ. އެ ޖަމިއްޔާއަކީ ކުރިން ހައްދު ފަހަނަ އަޅާދިއުމުގެ ވިސްނުން ގެންގުޅުނު އިނގިރޭސިވިލާތުގެ މުސްލިމެއް ކަަމަށްވާ މާޖިދު ނަވާޒް އުފެއްދި ޖަމިއްޔާއެކެވެ. ނަމަވެސް އެ ޖަމިއްޔާއަކީ ސެކިއުލާ ވިސްނުން ގެންގުޅޭ މުސްލިމުންނާ ދެކޮޅު ޖަމިއްޔާއެއް ކަަމަށް ބުނެ އިނގިރޭސިވިލާތުގެ ގިނަ މުސްލިމުން ވެސް ވަރަށް ބޮޑަށް އެ ޖަމިއްޔާއަށް ނަފްރަތުކުރާ ކަމަށް މައުލޫމާތު ލިބެއެވެ.

މި ވޯކްޝޮޕްތައް ހިންގަމުންދާތާ އަހަރަކާ ގާތްވެފައިވާކަމަށާއި، މި ވޯކްޝޮޕްތައް ރާއްޖޭގެ އުތުރާއި ދެކުނުގެ ރަށްރަށުގައި ހިންގާފައި ވާކަމަށް ބައެއް ރިޕޯރޓްތަކުގައި ވަނި ބުނެފައެވެ.

އިސްލާމިކް މިނިސްޓރީން މިކަމާއި ގުޅުވާ ބުނެފައިވަނީ ، ދީނީ އެއްބައިވަންތަކަން ހިމާޔަތް ކުރުމުގެ ގާނޫނާ ހިލާފު ވޯކްޝޮޕްތަކެއް ރާއްޖޭގެ އެކި ރަށްރަށުގައި ހިންގަމުން ދާކަމުގެ ޝަކުވާ ލިބެމުންދާ ކަމަށެވެ. އެހެންކަމުން އެ މިނިސްޓްރީން އެކަންކަން ބަލަމުންދާ ކަމަށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *