ލޯކަލް ކައުންސިލް އިންތިހާބުގައި މާލެސިޓީގެ މޭޔަރު ކަމަށް ވެރިކަންކުރާ އެމްޑީޕީގެ ފަރާތުން ވާދަކުރައްވާ އަނަސް އަބްދުއްސައްތާރަށް ކެމްޕޭން ކޮށްދެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ނިކުމެވަޑައިގަތުން -- ފޮޓޯ: ސޯޝަލް މީޑިއާ / އެމްޑީޕީ

ކޮވިޑް-19 ގެ ހާލަތުގައި ރައްކައުތެރިކަމާއެކު ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު ކުރިޔަށް ގެންދިޔުމުގެ އުސޫލަށް ބަދަލު ގެނެސްފި އެވެ.

ބަދަލު ގެނެސްފައިވަނީ ކެމްޕޭން ދަތުރުތަކަށް ފުރުސަތު ލިބޭގޮތަށެވެ. އެގޮތުން އުސޫލުގެ 12 ވަނަ މާއްދާގެ (ހ) ވަނީ އިސްލާހްކޮށްފަ އެވެ.

އެ މާއްދާއަކީ ކެންޑިޑޭޓުން ތާއީދު ހޯދުމަށް މަސައްކަތް ކުރުމުގައި ޢަމަލުކުރަންވީ ގޮތް ބަޔާންކޮށްފައިވާ މާއްދާ އެވެ.

އިސްލާހްކުރި މާއްދާގައި ބުނެފައިވަނީ ތާއީދު ހޯދުމާއި، ކެމްޕޭނުގެ ހަރަކާތްތައް ކުރިޔަށް ގެންދިޔުމަށް، އެއް ރަށުން އަނެއް ރަށަށް ދަތުރު ކުރާންވާނީ، ހެލްތް ޕްރޮޓެކްޝަން އެޖެންސީން އެ ކަމަށް ކަނޑައަޅައި އާންމުކުރާ ޚާއްޞަ ގައިޑްލައިނާ އެއްގޮތްވާ ގޮތުގެ މަތީންކަމަށެވެ. އަދި ގައިޑްލައިނުގެ ދަށުން، ދަތުރުކުރާ އެއްވެސް ކެންޑިޑޭޓަކު ނުވަތަ ފަރާތަކުން ގައިޑްލައިނުގައި ބަޔާންކޮށްފައިވާ އުސޫލުތަކާ ޚިލާފަށް ޢަމަލުކޮށްފިނަމަ، ދެން އެ ކެންޑިޑޭޓަކަށް ނުވަތަ ފަރާތަކަށް ތާއީދު ހޯދުމަށް، އެއް ރަށުން އަނެއް ރަށަށް ދަތުރުކުރުމުގައި އާންމު އުސޫލުން ކަރަންޓީންވާންޖެހޭނެކަމަށް ބުނެފައިވެއެވެ.

އެޗްޕީއޭއިން ފުރަތަމަ ނެރުނު އުސުލުގައިވާގޮތުން ކެނޑިޑޭޓުންނަށް ތާއީދު ހޯދުމަށް ކުރާ ދަތުރުތަކުގައިވެސް 10 ދުވަހުގެ ކަރަންޓީންވާންޖެހެ އެވެ. އެގޮތަށް އުސޫލު އޮތުމުގެ ސަބަބުން ކެމްޕޭން ކުރުމުގެ ފުރުސަތު ހަނިވާކަމަށް ބުނެ އިލެޝަންސް ކޮމިޝަނުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *