އަދާލަތު ޕާޓީއަކީ ވަކި މީހެއްގެ ޕާޓީއެއް ނޫން ކަމަށާއި، އަދި ވަކި މީހެއްގެ ފަހަތުން އެނބުރޭނެ ޕާޓީއެއްވެސް ނޫން ކަމަށް ޕާޓީގެ ނައިބް ރައީސްކަން ކުރެއްވި އަދި ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރު ވިދާޅުވެއްޖެ އެވެ.

އަދާލަތު ޕާޓީގެ ޤައުމީ މަޖިލީހުގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އަލީ ޒާހިރު ވިދާޅުވީ ސިޔާސީ އެކި ދުވަސްވަރު، އެކި ފަރާތްތައް ޕާޓީއަށް އައިސް ގޮސްފައިވާކަމަށެވެ. އަދި ސިޔާސީ ގިނަ ޕާޓީތަކެއްވެސް ވުޖޫދުވެ، ގެއްލި ގޮސްފައިވާކަމަށް އަލީ ޒާހިރު ވިދާޅުވި އެވެ. ނަމަވެސް އަދާލަތު އަދިވެސް ސިޔާސީ މައިދާނުގައި މުހިންމު ދައުރެއް އަދާކުރާކަން ފާހަގަކޮށް އަލީ ޒާހިރު ވިދާޅުވީ، އަދާލަތަކީ މީހެއްގެ މުދަލެއް ނޫން ކަމަށެވެ.

އޭގެއިތުރުން ޕާޓީއަކީ ވަކި މީހެއްގެ ފަހަތުން އެނބުރޭނެ ޕާޓީއެއްވެސް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ވިދާޅުވީ ޕާޓީ ކުރިއަށް އޮތްތަނުގައިވެސް ކުރިއަށްދާނީ އަދާލަތު ޕާޓީގެ ސިޔާސަތުތަކާއެކުގައި ކަމަށެވެ.

ސަރުކާރު ކޯލިޝަންގައި އަދާލަތު ޕާޓީން މުހިންމު ދައުރެއް އަދާކުރާކަން ފާހަގަކޮށް، އަލީ ޒާހިރު ވިދާޅުވީ އެ ޤުޅުން އެގޮތުގައި އޮންނާނެކަމަށެވެ. އަދި ދީނާއި، ޤައުމުގެ ދިފާއުގައި އަބަދުވެސް މަސައްކަތްކުރާނެ ޕާޓީއަކަށް ޕާޓީވެގެންދާނެކަމަށް އުއްމީދުކުރާކަމަށް އޭނާ ވިދާޅުވި އެވެ. އަލީ ޒާހިރު ވަނީ ރާއްޖޭގެ ސިޔާސީ މައިދާނުގައި ގިނަ ސިޔާސީ ޕާޓީތަކަކާއެކުގައި މަސައްކަތްކޮށްފައިވާކަން ހާމަކޮށްފަ އެވެ.

އަދާލަތު ޕާޓީގެ އެއްވެސް މަޤާމަށް އަލީ ޒާހިރު ކުރިމަތިލައްވާފައެއް ނުވެ އެވެ. ސަބަބެއްކަމަށް އޭނާ ވިދާޅުވީ މިވަގުތު އަދާކުރައްވަމުން އަންނަ ވަޒީފާގެ ސަބަބުން ކަމަށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

2 ކޮމެންޓް

  1. ފަހަރި ީ ީ ބަލާބަލަ މީނަ މިކިޔާ އެއްޗެއް. ކަލެއަކީ މީހެއް ނޫނޯ.

  2. ފަނޑިޔާރުން ހުކުމް އިއްވުމުގެ ކުރިން އެ ހުކުމް ފާސްކުރަން ރައީސް އޮފީހުގަ ބަހައްޓާފަ ހުންނަ ސޮރުތަ މީ

ކޮމެންޓް

Your email address will not be published. Required fields are marked *