މައްޝޫރު ފިލްމީ ތަރި ޖޮނީ ޑެޕް، ޑިސްނީގެ ޕައިރެޓްސް އޮފް ދަ ކެރީބިއަންގެ 6 ވަނަ ފިލްމުގެ، ޖެކް ސްޕެރޯގެ ރޯލުން އަނެއްކާވެސް ފެނިދާނެ ކަމުގެ ވާހަކަ ދެކެވެން ފަށައިފިއެވެ.

ޑިސްނީ އިންވަނީ 2016 ވަނަ އަހަރުން ފެށިގެން ޖޮނީ ޑެޕްއާ ދުރުވެލާފައެވެ. ޖޮނީ ޓެޕްގެ އަންހެނުން އެމްބަރ ވަނި ޖޮނީ ޑެޕް އޭނާއަށް އަނިޔާ ކުރާކަމުގެ ތުހުމަތު ތަކެއް ކޮށް ކޯޓުގަ އެމައްސަލަ ޖައްސާފައެވެ. އެއާއި އެކު ޑިސްނީ އިން ޖޮނީ ޑެޕާއިއެކު އިތުރު ފިލްމެއް ހަދާފައެއް ނުވެއެވެ. 

އުމުރުން 56 އަހަރުގެ ޖޮނީ ޑެޕް އެންމެ ފުރަތަމަ ޕައިރެޓްސް އޮފް ދަ ކެރީބިއަންގެ ފިލްމަކުން ބެލުންތެރިންނަށް ފެނިފައިވަނީ 2001 ވަނަ އަހރު ނެރުނު އެފިލްމުގެ ފުރަތަމަ ޕާރޓް "ދަ ކަރސް އޮފް ދަ ބްލެކް ޕަރލް" އިންނެވެ. އެއަަށްފަހު ޕައިރެޓްސް އޮފް ދަ ކެރީބިއަން ފްރެންޗައިސްގެ ދަށުން ނެރުނު ފަސްފިލްމުނެވެސް ޖޮނީ ޑެޕް ވަނީ ފެނިފައެވެ.

މިފަހަރު ހަދަން ތައްޔާރުވެފައިވާ ފިލްމުގެ 6 ވަނަ ބައިގެ ސްކރީންޕްލޭ ތައްޔާރު ކުރަން ހަމަޖެހިފައިވަނީ ކްރެއިގް މާޒިން އަދި ޓެޑް އެލިއެޓް އެވެ. ބުނެވޭގޮތުގައި މިފިލްމުގައި ޖޮނީ ޑެޕް ފެނިގެންދާނީ ސަޕޯރޓިންގ ރޯލަކުންނެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *