މިހާރު ދުނިޔޭގެ އެކި ހިސާބުތަކަށް ހަލުވިކަމާއެކު ފެތުރެމުންދާ ނުރައްކާތެރި  ކޮރޯނާ ވައިރަހަށް އަވަށްޓެރި އިންޑިއާ އިން ޕޮޒިޓިވްވި މީހުންގެ އަދަދު ހަޔަކަށް އަރައިފިކަމަށް އެގައުމުގެ ސިއްހީ ވުޒާރާ ތަކުން މައުލޫމާތު ދީފިއެވެ. 

އިންޑިއާގެ ރާޖަސްތާނުގެ ހެލްތު މިނިސްޓަރު ރަގޫ ޝަރްމާ ވިދާޅުވީ އިންޑިއާ އިން އެންމެފަހުން ވައިރަހަށް ޕޮޒިޓިވް ވެފައިވަނީ، އެގައުމުގެ ރާޖަސްތާން އަށް އައިސްފައިވާ އިޓަލީގެ ފަތުރުވެރިއެކެވެ

.އޭނާ އިންޑިއާ އަށް އައިސްފައިވަނީ މިދިޔަ މަހުގެ 29 ގައި ކަމަށާއި ސްކްރީން ކުރުމުގެ ތެރޭގައި އޭނާގެ ފަރާތުން ބައްޔަށް ޝައްކު ކުރެވޭ ފަދަ އަލާމާތްތަކެއް ފެނިފައިވާކަމަށް އޮފިޝަލުން ވަނީ ބުނެފައެވެ. މިފަތުރުވެރިއާގެ ފުރަތަމަ ޓެސްޓު ދެއްކީ ނެގެޓިވް ކަމަށްކަމަށާއި  ދެވަނަ ޓެސްޓުން ވަނީ ޕޮޒިޓިވް ކަމަށް ދައްކާފައި ކަމުގައި ރަގޫ ވިދާޅުވިއެވެ. މިމީހާ މިހާރުވަނީ ހޮސްޕިޓަލުގައި ފަރުވާ ދިނުމަށް އެޑްމިޓް ކުރެވިފައި ކަމަށާއި މިމީހާގެ އިތުރު ޓެސްޓުތައް ހެދޭނެކަމަށް މައުލޫމާތު ލިބެއެވެ.

އިންޑިއާ އިން މިހާތަނަށް ވައިރަހަށް ޕޮޒިޓިވް ވެފައިވާ މީހުންގެ އަދަދު ހަޔަކަށް އަރާފައިވާއިރު އިއްޔެ ވެސް އެގައުމުން ވަނީ ވައިރަހަށް ޕޮޒިޓިވް ވެފައިވާ އިތުރު ދެ މީހަކު ފެނިފައެވެ. މިމީހުން ފެނިފައިވަނި ދިއްލީ އަދި ޓެލަންގަނާ ސަރަހައްދުންނެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.