ފުޅި އަޅައިގެން އެންހިފަން ފީނަން އުޅުނު މީހަކު، ޑީކޯ ވެގެން އެމްއެންޑީއެފް ސަދަން އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންއިން އެހީތެރިކަން ފޯރުކޮށްދީ ސީއެމްބިއުލެންސްގައި ގއ.ވިލިނގިއްޔަށް ގެންގޮސްދީފައިވާކަމަށް ގައުމީ ދިފާއީ ބާރުން ބުނެފިއެވެ.

ސަދަން އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންގެ އެހީތެރިކަމާއެކު ސީއެމްބިއުލެންސްގައި ރޭ ދަންވަރު 1:00 ހާއިރު ގއ.ވިލިނގިއްޔަށް ގެންގޮސްދީފައިވަނީ ގއ.ކެދެރާ ކައިރީގައި މަސްވެރިކަން ކުރަން އުޅުނު “އައްސޭރި” ނަމަކަށްކިޔާ ދޯނިން އެން ހިފަން ފީނި އުމުރުން 49 އަހަރުގެ ދިވެއްސެއްކަމަށް އެމްއެންޑީއެފްއިން ބުނެއެވެ.

ޑައިވިން ޑީކޮމްޕްރެޝަން ސިކްނަސް (ޑީކޯ) އަކީ މިހާރު ރާއްޖޭގައި އާންމު ކަމަކަށް ވަނީ ވެފައެވެ. ގއ. އާއި ގދ. އަތޮޅުގައި އެފަދަ ހާދިސާތައް ހިންގުން އިތުރުކަމަށް ފާހަގަކުރެވެއެވެ.

އެމްއެންޑީއެފް އިން މީގެކުރިން ބުނީ ޑައިވިންއާ ގުޅުން ހުރި ފުރިހަމަ ތަމްރީން ނެތި ޑައިވްކޮށްގެން ދިމާވާ ''ޑީކޯ''ގެ ހާދިސާތައް މިހާރު އިތުރު ކަމަށެވެ.

ޑައިވިން މެޑިސިންގެ މައުލޫމާތު ހުރި ޑޮކްޓަރެއް ކަމަށްވާ އުސާމާ އުމަރު ވިދާޅުވީ ޑައިވަރުން ޑީކޯވުން އާންމުވަނީ ގަވައިދުތަކަށް އަމަލު ނުކުރާތީ ކަމަށާއި ޑައިވް ނިންމާލުމަށް ފަހު މައްޗަށް އަރާއިރު ބަލަން ޖެހޭ ކަންކަމުގެ މަތިން ފަރުވާކުޑަކުރާތީ ކަމަށް އޭނާ ވަނީ ދިވާޅުވެފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *