-- ފޮޓޯ: މިހާރު

ކޮވިޑް ވެކްސިން ހޯދުމަށްޓަކައި ދިވެހި ސަރުކާރާއި އިންޑިޔާގެ ސިރަމް އިންސްޓިޓިއުޓް އޮފް އިންޑިޔާ ލިމިޓެޑާއި ސިރަމް އިންސްޓިޓިއުޓް އޮފް ލައިފް ސައިންސަސް ޕްރައިވެޓް ލިމިޓެޑާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

އެކަން ސަރުކާރުން ހާމަކޮށްފައިވަނީ މާލިއްޔަތު ޤާނޫނުގެ ބައެއް މާއްދާތަކަށް އަމަލުކުރުން މަޑުޖައްސާލުމަށް ނިންމައި، އެކަން ހާމަކޮށް ނެރުނު ޤަރާރުގަ އެވެ.

ފިނޭންސްގެ ޤަރާރުގައި ބުނެފައިވަނީ ވެކްސިން ހޯދުމަށްޓަކައި ދިވެހި ސަރުކާރާއި އިންޑިޔާގެ ސިރަމް އިންސްޓިޓިއުޓް އޮފް އިންޑިޔާ ލިމިޓެޑާއި ސިރަމް އިންސްޓިޓިއުޓް އޮފް ލައިފް ސައިންސަސް ޕްރައިވެޓް ލިމިޓެޑާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފައިވާކަމަށެވެ. ނަމަވެސް އެއްބަސްވެފައިވަނީ ކިހާ އަދަދެއްގެ ވެކްސިންއެއް ގަތުމަށްކަމަށް ފިނޭންސް އިން ހާމަކޮށްފައެއް ނުވެ އެވެ.

އިންޑިއާއިން ވަނީ މިހާތަނަށް ރާއްޖެއަށް ދެ ލައްކަ ވެކްސިން ޑޯޒް ހަދިޔާކޮށްފަ އެވެ. އޭގެއިތުރުން ސަރުކަރުން ވަނީ ވެކްސިންގެ ހަތްލައްކަ ޑޯޒް ގަތުމަށް ސިންގަޕޫރުގެ ކުންފުންޏަކާއެކުވެސް އެއްބަސްވެފަ އެވެ. އެ ވެކްސިންގެ އިތުރުން ޗައިނާއިންވެސް ވަނީ ރާއްޖެއަށް ހިލޭ ދެ ލައްކަ ވެކްސިން ޑޯޒްދޭނެކަން ހާމަކޮށްފަ އެވެ.

ކޯވިޑް-19 ވެކްސިންސް ގްލޯބަލް އެކްސެސް (ކޮވެކްސް) އިންވެސް ވަނީ ރާއްޖެއަށް ވެކްސިންގެ 12،000 ޑޯޒް މިހާތަނަށް ފޯރުކޮށްދީފަ އެވެ. އަދި އިތުރަށްވެސް ވެކްސިން ފޯރުކޮށްދިނުމަށް ހަމަޖެހިފައިވެއެވެ.

އޭގެއިތުރުން ޗައިނާގެ ވެކްސިންގެ 10،000 ޑޯޒް މިހާރުވެސް ރާއްޖޭގައި އެބަހުރި އެވެ.

 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *