އިތޯޕިއާގައި ގޮތްނޭގޭ ބަލިމަޑުކަމެއް ފެތުރެންފަށާއިފިއެވެ.މިބަލި ޖެހުމުން ނޭފަތުން އަދި އަނގައިން ލޭއައުމަށްފަހު މަރުވެގެން ވެއްޓެނީއެވެ. އެމީހުން ލަފާކުރާގޮތުގައި މިކަންް މިހެން ދިމާވަނީ ޗައިނާގެ ތެޔޮނަގާ ކާރުހާނާތަކުން އުފެދޭ ވިހަގޭހުގެ ސަބަބުންނެވެ.

މިބަލި ފެތުރެން ފަށާފައިވަނީ ސޯމާލިއާގެ ގޭސްޕްރޮޖެކްޓެއް ހުރި އަވަށެއްގެ ކައިރިންނެވެ. މިބަލި ޖެހޭ މީހުންގެ ދެލޯ ރީންދޫވެ، ހުންއައިސް ގައިގެ ތަންތަން ދުޅަވެ އަނގަޔާނޭފަތުން ލޭ އައުމަށްފަހު މަރުވެގެން ވެއްޓެނީއެވެ. ބައެއްމީހުންގެ ދެއަތްތިލް ރީނދޫވުމާއި ކާހިތްނުވުމާއި ވަރުބަލިވުން ހިމެނެއެވެ.

އަދިސްއަބާބާގެ އޮފިޝަލުންވަނީ މިކަމަކީ ވައިނުސާފުވެ އުފެދޭ ސިއްހީ މައްސަލަތަކެއް ކަމަށް  އިންކާރުކޮށްފައިކަމަށް ގާޑިއަންއާ ހަވާލާދީ ވަނީ ބުނެފައެވެ. 

މިބަލި ފެތުރެނީ ސީދާ ތެލުގެ ކާރުހާނާގެ ސަބަބުންކަމެއް އަދި ކަށަވަރުވެފައެއް ނުވެއެވެ. ބައެއްމީހުން ޝައްކުކުރާގޮތުގައި މިކަން ދިމާވަނީ އުފެދޭ ވިހަގޭހުން ފެން ތަގައްޔަރުވެ ފެނުގައި ވިހައުފެދިގެންނެވެ.

“ވާރޭވެހުމުން ތެޔޮއުފައްދާތަންތަނުން ދޫކުރާ ވިހަޔާއި އެކުވެގެން އުފެދޭ ބަލިމަޑުކަމެއް މިއީ”މިބަލަި ތަހައްމަލް ކުރި ހާދަރު އަބްދީ ވަނީ ބުނެފައެވެ. 

ޖިގްޖިގާގައި ދިރިއުޅޭ އުމުރުން 22 އަހަރުގެ ހާދަރުވަނީ ހޮސްޕިޓަލުން ފަރުވާނުދެވި ގެއަށް ދޫކޮށްލިތާ މާގިނަދުވަސްތަކެއްނުވެ މަރުވެފައެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *