އުރީދޫ މޯލްޑިވްސް އަށް މިދިޔަ އަހަރު ލިބުނު ފައިދާއިން ހިއްސާ އަކަށް 3.30 ރުފިޔާ ބަހަން ފާސްކޮށްފި އެވެ. މިގޮތަށް ނިންމާފައިވަނީ ރޭ ކުރުމްބާ މޯލްޑިވްސްގައި ބޭއްވުނު އުރީދޫގެ އަހަރީ އާންމު ޖަލްސާގައެވެ.

2018 ވަނަ އަހަރާ އަޅާބަލާއިރު އުރީދޫއަށްވަނީ ފައިދާ ހަތަރު ޕަސެންޓު އިތުރުވެފައެވެ. މިދިޔަ އަހަރު ސާފު ފައިދާގެ ގޮތުގައި 588.6 މިލިއަން ރުފިޔާ އުރީދޫއަށް ލިބިފައިވެ އެވެ.

ރޭގެ ޖަލްސާގައި އުރީދޫގެ ބޯޑް ޑައިރެކްޓަރަކަށް ހޮވިފައިވަނީ ފަރީހާ ޝަރީފުއެވެ.

ހިއްސާގެ ފައިދާ ފާސްކުރުމުގެ އިތުރުން މިޖަލްސާގައިވަނީ 2019 ވަނަ އަހަރުގެ މާލީ ރިޕޯޓް ތަކާއި އޮޑިޓް ރިޕޯޓު އަދި 2019 ވަނަ އަހަރުގެ އަހަރީ އާއްމު ޖަލްސާ އާއި ހާއްސަ ގޮތުން ބޭއްވި އެ ކުންފުނީގެ އާންމު ޖަލްސާގެ ޔައުމިއްޔާ ވެސް ފާސްކޮށްފަ އެވެ.

އުރީދޫގެ ހިއްސާގެ ތެރެއިން އާންމުން ހިއްސާ ވަނީ އެކުންފުނީގެ ޖުމްލަ ހިއްސާގެ 9.5 ޕަސެންޓެވެ. ބާކީ 90.5 ޕަސެންޓަކީ އުރީދޫގެ މައި ކުންފުނި، ވަތަނިއްޔާ އިންޓަނޭޝަނަލްގެ ހިއްސާ އެވެ.

 އަހަރީ ޖަލްސާގައި އުރީދޫ އޮޑިޓް ކުރާނެ ފާމެއްގެ ގޮތުގައި ޖަލްސާގެ ހިއްސާދާރުންގެ ތާއީދާ އެކު ހަމަޖައްސާފައި ވަނީ ޕްރައިސްވޯޓާ ހައުސް ކޫޕާސް (ޕީޑަބްލިއުސީ) އެވެ. އުރީދޫ އޮޑިޓް ކުރުމުގެ ފީގެ ގޮތުގައި އެކުންފުނިން ނަގަނީ 60،000 ޑޮލަރެވެ.

މިދިޔަ އަހަރުގެ ނިޔަލަށް އުރީދޫގެ ސަބްސްކްރައިބަރުންގެ އަދަދު 400،000 އަށް ވުރެ އިތުރު ވެފައިވާއިރު، އުރީދޫ އިން ބުނީ ފާއިތުވި ފަސް އަހަރު ތެރޭގައި އެކުންފުނީގެ ސަބްސްކްރައިބަރުންގެ އަދަދު އެވްރެޖުކޮށް 6.3 ޕަސެންޓު އިތުރު ވެފައިވާ ކަމަށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.