މީހެއްގެ ދިރިއުޅުން ރަގަޅު ގޮތަކަށް އަދި ނުރަގަޅު ގޮތަކަށް ބަދަލުވާކަށްވެސް މާގިނަ ވަގުތެއް ނުނަގައެވެ. ކުއްލިއަކަށްވާ އެކްސިޑެންޓެއްގެ ސަބަބުން، މީހަކަށް ލިބޭ ގެއްލުމެއްގެ ސަބަބުން އާމްދަނީ ހޯދަންކުރާ މަސައްކަތް ހުއްޓި މުޅި އާއިލާ ބިކަވެއެވެ. އަދި ކުއްލިއަކަށް ލިބޭ މަޝްހޫރުކަމެއްގެ ސަބަބުން ދިރިއުޅުމުގެ އިތުރު ފުރުސަތުތަކާއި މީހުންގެ ލޯބި ލިބެން މެދުވެރިވަނީވެސް މަދު ބަޔަކަށް ނޫނެވެ. މިއަދު ބަލާލާނީ މިގޮތަށް ކުއްލިއަކަށް މަޝްހޫރުކަން ލިބުނު 6 މީހަކަށެވެ.

1. ޑރ. މައިކް

ޑރ. މައިކް ގެ ނަމުން މަޝްހޫރުވެފައިވާ މިޚައިލް ވަރްޝަވްސްކީ އަކީ، އެމެރިކާގެ ނިއުޔޯކް އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީގެ އޮސްޓިއޯޕެތިކް މެޑިސިން ކޮލެޖުން ކިޔަވާ ނިންމާ، ނިއުޔޯކުގައި ދިރިއުޅޭ ޑޮކްޓަރެކެވެ. ޑރ. މައިކް އިންޓަރނެޓްގައި މަޝްހޫރުވެގެން ދިޔައީ "ބަޒް ފީޑް" އިން އޭނާގެ ރީތިކަމަށް ތަޢުރީފްކޮށް ލިޔެފައިވާ އާޓިކަލްއެއްގެ ސަބަބުންނެވެ. އޭގެފަހުން "މުޅި ދުނިޔޭގައި ހުރި އެންމެ ރީތި ޑޮކްޓަރު" ގެ ލަގަބު އޭނާއަށް ލިބުނެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުގެ މީހުން އޭނާގެ ރީތިކަމުގެ ވާހަކަ ދައްކަން ފެށިއެވެ. ލަސްތަކެއްނުވެ، ކޮސްމޮޕޮލިޓަން، ޑެއިލީމެއިލް ފަދަ ބޮޑެތި ނޫސްތަކުގައި އޭނާގެ ވާހަކަ ގެނެސްދިނެވެ. އޭނާގެ އިންސްޓަގްރާމް އެކައުންޓްގެ ފޮލޮވާރސް 3.2 މިލިއަނަށް އެރިއެވެ.

2. އަރުޝަދު ޚާން

އަރުޝަދު ޚާންއަކީ، ޕާކިސްތާނުގެ އިސްލާމްއާބާދުގެ ރަށްބޭރުގައި، ސައި ގާޑިޔަލެއްގައި މަސައްކަތްކުރި އުމުރުން 17 އަހަރުގެ ކުއްޖެކެވެ. އާދައިގެ މަތިން އެއްދުވަހު ހެދުނު އަރުޝަދު ޚާން ސައި ވިއްކުމުގެ މަސައްކަތުގައި އުޅެނިކޮށް ފޮޓޯގްރާފަރު ޖިއާ ޢަލީ ނެގި ފޮޓޯ އެއް، ޖިއާގެ އިންސްޓަގްރާމްގައި، " ހޫނު ސައި" މިހެން ޖެހުމަށްފަހު ޕޯސްޓު ކުރިއެވެ. ފޮޓޯ އާންމުވުމާއި އެކު ގިނަ ބަޔަކު އޭނާ ހޯދުމުގެ މަސައްކަތް ކުރިއެވެ. އަރުޝަދު ޚާން އަކީ މޮޅަށް ކިޔަވައިގެން ހުރި މީހަކަށް ނުވާތީ ކަންތައް ވަމުން ދިޔަ ގޮތެއް އޭނާއަކަށް ނުވިސްނެއެވެ. މީހުން އައިސް އޭނާގެ ގާޑިޔަލުން ސައިބޮއިގެން އޭނާއާއި އެކު ފޮޓޯނަގަމުން ދިޔައެވެ. މިހެން އުޅެނިކޮށް މީޑީޔާތަކަށް، މިކަން ރޭކާލީ ހިސާބުން މޮޑެލް ކުރުމުގެ ފުރުސަތު އަރުޝަދަށް ލިބެންފެށިއެވެ. ނަމަވެސް ކުއްލިއަކަށް މި ލިބުން މަޝްހޫރުކަން ވަރަށް ރަގަޅުގޮތުގައި ބަލައިގަނެ، މުޅި ދިރިއުޅުން އެކަމަށް ދީލާލާކަށް އަރުޝަދު ބޭނުމެއް ނުވިއެވެ. މޮޑެލް ކުރަމުން މިހާރުވެސް ސައި ވިއްކުމުގައި އަރުޝަދު ޚާން އުޅެއެވެ.

3. އޮމަރް ބުރްކާން އަލް ގާލާ

އޮމަރް ބުރްކާން އުފަންވެފައިވަނީ، 1989 ސެޕްޓެމްބަރު 23 ގައި، އިރާޤުގެ ބަޣްދާދަށެވެ. އޮމަރަކީ ޅެންވެރިއެއް، އެކްޓަރެއް، މޮޑެލް އެއްގެ އިތުރުން ފޮޓޯގްރާފަރެކެވެ. އޮމަރް ނޫސްތަކުގެ ސުރުޚީއަށް އެރީ އޭނާ "ރީތިކަމުން" ސަޢުދީ އަރަބިޔާ އިން ޑިޕޯޓް ކޮށްލުމުންނެވެ. ލިޔެފައި އެއޮތީ ކަންވީ ގޮތަށެވެ. އޮމަރްގެ ރީތިކަމުން ސަޢޫދީ އަންހެނުން އޭނާގެ ރީތިކަމަށް ލެނބިދާނެކަމަށްޓަކައި އޭނާ ޑިޕޯޓްކޮށްލީއެވެ. މިޚަބަރާއި އެކު އޭނާ މަޝްހޫރުވެ، ފޭސްބުކްގައި 2.4 މިލިއަން އަދި އިންސްޓަގްރާމްގައި 1.2 މިލިއަން މީހުން އޭނާ ފޮލޯކުރިއެވެ.

4. ލީ މިންވެއި

ލީ އަކީ، ޗައިނާގެ ޗަންގީ އެއަރޕޯޓްގެ ސެކިއުރިޓީގައި މަސައްކަތްކުރާ ފުލުހެކެވެ. އެއްދުވަހަކު އޭނާގެ ޑިއުޓީގަޑީގައި ޕާސްޕޯޓް ޗެކްކުރަމުން ދިޔަ ވަގުތު މީހަކު ނެގި ފޮޓޯއެއް ޗައިނާގެ، ހެއްވާ މަޖާ ކަންކަން ގެނެސްދޭ ސައިޓެއްގައި އާންމުކުރިއެވެ. ވަގުތުން އެންމެން އަވަސްވެގަތީ ލީ އަކީ ކާކުކަން ހޯދުމަށެވެ. ރޭވެފައި އަލިވިލުން އިރު، އިންޓަރނެޓްގައި އެންމެ މަޝްހޫރު އެކަކަށް ލީ ވަނީ ވެފައެވެ.

5. ސައިމާ ހުސެން މީރް

ސައިމާއަކީ ޕޫނާގެ ސިމްބައޮސިސް އިންސްޓިޓިއުޓް އޮފް ޑިޒައިންގައި ކިޔަވަމުން ދިޔަ ދަރިވަރެކެވެ. ސައިމާ އަށް މީހުންގެ ސަމާލުކަން ދަމައިގަތީ، ޝާހުރުކް ޚާންގެ ފިލްމު ރައީސް ގެ ޕްރޮމޯޝަން ކުރިއަށް ދިޔައިރު އާންމުގެ ތެރޭގައި އޭނާ ނެގި ގްރޫޕް ސެލްފީއަކުންނެވެ. ޝާހުރުކް ޚާން މި ފޮޓޯ އޭނާގެ ފޭސްބުކްގައި އާންމު ކުރުމާއި އެކު، ބޮލީވުޑް ގެ ރަސްގެފާނުގެ ގޮތުގައި ބެލެވޭ ޝާހުރުކް ޚާނަށްވުރެ ބޮޑު ސަމާލުކަމެއް ލިބުނީ ސައިމާއަށެވެ. ގިނަބަޔަކު ސައިމާގެ ރީތިކަމަށް ތަޢުރީފްކުރިއެވެ.

6. ބޯއީ ރޯލްސް

ބޯއީ އަކީ މަޝްހޫރު ލަވަކިޔުންތެރިޔާ ޖަސްޓިން ބީބާރގެ ސެކިއުރިޓީ ގާޑެކެވެ. އެންމެ ފުރަތަމަ ބޯއީ، އާންމުންގެ ސަމާލުކަމަށް އައީ، ނެދަރލެންޑްގައި ބޭއްވި މިއުޒިކް ފެސްޓިވަލެއްގެ ތެރެއިން، ޖަސްޓިން ބީބާރ ގާތުގައި ހުއްޓައެވެ. ޖަސްޓިން އަށް ސަޕޯޓްކުރާ ކުއްޖަކު ބޯއީގެ ފޮޓޯނެގުމަށްފަހު އިންޓަރނެޓްގައި ޕޯސްޓްކުރިއެވެ. ބޯއީ މަޝްހޫރުވީ، "ޖަސްޓިންގެ ރީތި ސެކިއުރިޓީ"ގެ ގޮތުގައެވެ. މިހިސާބުން މީނާއަށް ފޮލޯކުރާމީހުން ގިނަވެ، ބޯއީގެ ރީތިކަމުގެ ސަބަބުން ބޮޑު ސަމާލުކަމެއް ލިބުނެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.