ދުނިޔޭގައި މިހާރު ފެތުރެމުންދާ ނުރައްކާތެރި  ކޮރޯނާވައިރަހުގައި މަރުވި މީހުންގެ އަދަދު 3،000 އަށް ވުރެ މައްޗަށް ޖެހިއްޖެ އެވެ.

މިވައިރަހާއި ގުޅޭ ފަހުގެ ރިޕޯރޓްތަކަށް ބަލާއިރު އިންޑޮނެޝިއާ އިން ވަނި މިބައްޔަށް ކަށަވަރުވެފައިވާ 2 މީހަކު ފެނިފައެވެ.

އީރާނުން ވަނި މިވައިރަސް ޖެހިގެން އިތުރު 11 މީހަކު މަރުވިކަމަށް ބުނެފައެވެ. މިއަދަދު ހިމަނައިގެން އީރާނުން ޖުމްލަ 54 މީހަކު ވަނީ ވައިރަސް ޖެހިގެން މަރުވެފައެވެ. މިއީ ޗައިނާނޫން އެހެން ޤައުމަކުން މިވައިރަސްގެ ސަބަބުން މިހާގިނައަދަދަކަށް މިހުން މަރުވި ފުރަތަމަ ޤައުމެވެ.

ހަލުވިކަމާއި އެކު މިބަލި ފެތުރެމުން އަންނަ ޔޫރަޕަށް ބަލާލާއިރު، ޔޫރަޕުން މިބައްޔަށް 1،694 މީހަކު ޕޮޒިޓިވްވެފައި ވާއިރު  ފްރާންސްގައި 130 މީހުން ޕޮޒިޓިވްވެ ބަލިފެތުރޭ އަދަދު ވަނީ މަތިވެފައެވެ. މިކަމާ ގުޅިގެން ޕެރިހުގެ ޓުއަރިސްޓުން އެއްވެ އުޅެ ބައެއްތަންތަން ވަނީ ބަންދުކޮށްފައެވެ.

ކުވޭތުގެ ހެލްތު މިނިސްސްޓްރީއިން ރިޕޯރޓްކޮށްފައިވާގޮތުގައި އެގައުމުގައި މިވަގުތު ވައިރަސްޖެހިފައިވާ 56 މީހަކު އެބަތިއްބެވެ.

ކޮރޯނާވައިރަސް މިހާރު ދަނީ ޗައިނާ އަށް ވުރެ އެހެން ގައުމުތަކުގައި މާ ހަލުވިކޮށް ފެތުރެމުންނެވެ. ސައުތު ކޮރެއާ އިން އިތުރު ހަތަރު މީހުން އިއްޔެ މަރުވެ އެ ގައުމުގައި މަރުވި މީހުންގެ އަދަދު ވަނީ 26 އަށް އަރައިފަ އެވެ. ސައުތު ކޮރެއާ އިން އަލަށް 476 މީހުންނަށް ވައިރަސް އެރި ކަމަށް މިއަދު ވަނީ ރިޕޯޓްކޮށްފަ އެވެ. ސައުތު ކޮރެއާގައި ކޮވިޑް-19 ޖެހިފައިވާ މީހުންގެ އަދަދު ވަނީ 4،212 އަށް އަރައިފަ އެވެ.

ކޮރޯނާވައިރަސްގައި މަރުވާ މީހުންގެ ރޭޓް އުޅެނީ 2-5 ޕަސެންޓުގައި ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ އިން ވަނީ ބުނެފަ އެވެ. ނަމަވެސް 2002-2003 ގައި ޗައިނާގައި ފެތުރުނު ސާސް ރޯގާގައި މަރުވި ރޭޓަކީ 9.5 ޕަސެންޓެވެ. ސާސް ރޯގާގައި ވަނީ 800 މީހުން މަރުވެފަ އެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *