ދެމީހުންގެ އެކުގައި ފެނިގެންދާ ފިލްމު "ބާޣީ-3" ގެ ޕްރޮމޯޝަންގައި އަވަދި ނެތި އުޅެމުންދާ ދެތަރިން ކަމަށްވާ ޝްރައްދާ ކަޕޫރު އަދި ޓައިގަރ ޝްރޮފްވެސް އެދެމީހުންގެ އުފަން ދުވަސް މި ހަފްތާގެ ތެރޭގައި ފާހަގަ ކުރާނެއެވެ. ޓައިގަރ އަށް ފުރެނީ 30 އަހަރެވެ. ޝްރައްދާއަށް ފުރެނީ 33 އަހަރެވެ.

ޓައިގަރގެ އުފަންދުވަސް މިއަދު ފާހަގަ ކުރާއިރު ހެނދުނުން ފެށިގެން، ސޯޝިއަލް މީޑިޔާ މެދުވެރިކޮށް ބެލުންތެރިން ފޮނުވާ ހެޔޮއެދުންތައް ދަނީ އޮހެމުންނެވެ. ބައެއް ފޭން ކްލަބުތަކުން ޓައިގަރ ގެ އެންމެ ފަހުން ނިކުންނަން ތައްޔާރުވާ ފިލްމުގެ ޕޯސްޓަރު އަދި ބައެއް ކުލަބުތަކުން ޓައިގަރ ކަސްރަތު ކުރާ ވީޑިއޯތަކާއި އެކު އުފަންދުވަހުގެ ތަހުނިޔާ ދަނީ ކިޔަމުންނެވެ. ޖެކީ ޝްރޮފްގެ ދަރިފުޅު ޓައިގަރ ބޮލީވުޑަށް ތަޢާރަފްވީ އެކްޝަން ހީރޯއެއްގެ ގޮތުގައި، ސާޖިދް ނަދިއަދްވާލާގެ ފިލްމު "ހީރޯ ޕަންތީ" އިންނެވެ. ނަމަވެސް މިހާރު މި ނަމަކީ ކުދިބޮޑު ހުރިހާ އުމުރެއްގެ މީހުންގެ މެދުގައި ފަރިތަ ނަމެކެވެ.

ފިލްމުތަކުން ނުބައިބައި ރޯލު ކުޅެގެން މަޝްހޫރުކަން ހޯދި ޝަކްތީ ކަޕޫރުގެ ދަރިފުޅު ޝްރައްދާ ކަޕޫރުގެ އުފަން ދުވަހަކީ 3 މަރޗްއެވެ. ބާޣީ-3 ޕްރޮމޯޓްކުރަން ޑުބާއީ ގައި ބޭއްވި އިވެންޓެއްގެ ތެރެއިން ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބުދެމުން ޝަކްތީ ކަޕޫރު ބުނީ، ޝްރައްދާގެ އަތުގައި ހުރިހާ އެއްޗެއް އެބަހުރިކަމާ, އެހެންކަމުން އުފަންދުވަހުގެ ހަދިޔާއެއްގެ ގޮތުގައި  އޭނާއަށް ދޭނެ އިތުރު އެއްޗެއް ނެތް ކަމަށެވެ. މާއްދީ އެއްޗެއް ނުދިން ނަމަވެސް ޝްރައްދާގެ އުފަންދުވަހުގެ ހަދިޔާއެއްގެ ގޮތުގައި ޗުއްޓީ އެއް ރާވަމުންދާ ކަމަށް ޝަކްތީ ކަޕޫރު ބުންޏެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *