އިލްކެޝަންސް ކޮމިޝަންގެ މެންބަރެއްގެ ދައުރު ހަމަވާތީ އެ މަގާމަށް ބޭފުޅަކު އައްޔަން ކުރަން ރުހުން ހޯދަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މަޖިލީހަށް ހަތަރު ނަމެއް ފޮނުއްވައިފި އެވެ.

ރައީސް އިސްކަން ދެއްވި ލިސްޓުގައި އިލެކްޝަން ކޮމިޝަންގެ ނައިބަކަށް މިހާރު ވެސް ހުންނެވި އަކްރަމްގެ ނަން ވަނީ  ހިމަނުއްވާފައެވެ.

މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވަނީ އީސީގެ މެމްބަރުކަމަށް އައްޔަންކުރައްވަން ފޮނުއްވި ނަންތައް މަޖިލީހުގައި އިއްވަވައި ދިރާސާކުރަން މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީ އަށް ފޮނުއްވައިފަ އެވެ. އެ ނަންތަކުގެ ތެރެއިން މަޖިލީހުގެ ދިރާސާކޮށް ކޮންމެވެސް އެއް ނަމަކަށް ރުހުން ދޭނެ އެވެ.

މަޖިލީހުގެ ގަވާއިދު އޮންނަ ގޮތުން، ކޮމިޓީއިން އެ ހަތަރު ބޭފުޅުންނާ އިންޓަވިއު ކުރާނެ އެވެ. އަދި އެއަށް ފަހު ތަޅުމަށް ފޮނުވާނެ ނަންތަކަކާ މެދު ކޮމިޓީގައި ވޯޓަށް އަހާނެ އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ކޮމިޝަންގެ މެމްބަރަކަށް އައްޔަންކުރެއްވި އަކްރަމަކީ 2018 ގެ ރިޔާސީ އިންތިޚާބުގައި ވެސް އިސްކޮށް ހަރަކާތްތެރިވި އެއް މެމްބަރެވެ. އިންތިޚާބާ ގުޅޭ ގޮތުން މީޑިއާ އަށް މައުލޫމާތު އާންމު ކުރެއްވުމުގައި ވެސް އުޅުއްވީ އަކްރަމެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *