ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ސަރުކާރުން ތައާރަފްކުރި، ކޮންމެ މަސްވެރިއަކަށް 10،000 ރުފިޔާގެ މަހު މުސާރައެއް ދިނުމުގެ ސްކީމްގެ ދަށުން އެ ފައިސާ ލިބުނީ އެންމެ ދޯންޏަކަށް ކަމަށް ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދު ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު ޒަހާ މިހެން ވިދާޅުވީ އެކަމާ ގުޅޭ ގޮތުން ތިނަދޫ އުތުރު ދާއިރާގެ މެމްބަރު އަބްދުލްމުޣުނީ ކުރެއްވި ސުވާލެއްގެ ޖަވާބުގައެވެ.

"ބެޔަސް ނުބެޔަސް ދެވިފައި ވަނީ އެންމެ އުޅަނދަކަށް. އެއީކީ އަޅުގަނޑުމެންގެ ސިޔާސަތެއް ނޫން. އެހެންކަމުން އަޅުގަނޑުމެން އެކަމެއް ތަންފީޒެއް ނުކުރަން،" ޒަހާ ވިދާޅުވި އެވެ.

މިނިސްޓަރު ޒަހާގެ މި ޖަވާބާއެކު މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު ވަނީ އެއީ ކޮން ގެއެއްގެ ދޯންޏެއްތޯ ހިތަށް އަރާ ވަޑައިގަންނަވާ ކަމަށް ވިދާޅުވެފައެވެ. އެއަށްފަހު ހޯރަފުށި ދާއިރާގެ މެމްބަރު އަހުމަދު ސަލީމް ވެސް އެ ދޯނީގެ މައުލޫމާތު ހޯދަން މިނިސްޓަރު ޒަހާއާ ވަނީ ސުވާލު ކުރައްވާފައެވެ.

އެ ސުވާލާ ގުޅިގެން މިނިސްޓަރު ޒަހާ ވިދާޅުވީ، މަޖިލީހަށް މިއަދު ވަޑައިގަތީ އެ މައުލޫމާތު ސާފުކޮށްގެން ނޫން ކަމަށެވެ. އެއީ ސީދާ ކޮން ދޯންޏެއްކަން އެނގިވަޑައިނުގަތަސް، އެއީ ށ. އަތޮޅަށް ނިސްބަސްވާ ދޯންޏެއް ކަމަށް ވިދާޅުވި އެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.