ޗާންދަނީމަގުގައި ހުންނަ ބިގްމޭން ކެފޭގައި އަލިފާނުގެ ހާދިސާއެއް ހިނގައި، އެތަނުގެ ކައްކާ ފިހިއްޖެ އެވެ.

އެމްއެންޑީއެފުން މައުލޫމާތު ދިން ގޮތުގައި ހެނދުނު 8:00 ހާއިރު ރެސްޓޯރެންޓްގެ ބަދިގޭގައި ރޯވީ ގޭސް ލީކްވެފައި ހުއްޓާ އުނދުން ރޯކުރުމުގެ ސަބަބުން ކަމަށެވެ. އަލިފާންގަނޑު މާބޮޑަށް ނުފެތުރެނީސް ވަނީ ނިއްވާލައިފަ އެވެ.

އެމްއެންޑީއެފްގެ ތަރުޖަމާނު، މޭޖާ އިބްރާހިމް އާޒިމް ވިދާޅުވީ އެ ހާދިސާގައި ބިދޭސީއަކު ވަރަށް ބޮޑަށް ފިހިގެން ފަރުވާ ދިނުމަށް އައިޖީއެމްއެޗަށް ގެންގޮސްފައިވާ ކަމަށެވެ.

މީގެއިތުރުން އެ ހާދިސާ ހިނގި ވަގުތު ބާރުގަދަ ގޮވުމަކާއެކު، އެ އިމާރާތުގައި ހަރުކޮށްފައި އިން އޭސީ އައުޓްޑޯ ޔުނިޓެއް ވަނީ މަގުމައްޗަށް ވެއްޓިފަ އެވެ. ސީސީޓީވީން ފެންނަ ގޮތުގައި އެ ވެއްޓުނު ވަގުތު އެ މަގުން ހިނގާފަ ދިޔަ މީހެއްގައިގައި ނުޖެހި ސަލާމަތްވީ ކިރިޔާ އެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *