މިނިމަމް ވޭޖު ބޯޑުން އެކުލަވާލި ރިޕޯޓު މިހާރު އޮތީ މަޖިލީހުގެ އިގްތިސާދީ ކޮމެޓީގައި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ މިނިމަމް ވޭޖުގެ ރިޕޯޓާއެކު އިކޮނޮމިކް މިނިސްޓްރީ އިން މަޖިލީހަށް ސިޓީއެއް ފޮނުވާފައިވާ ކަމަށެވެ.

އަދި އެސިޓީ އާއި ގުޅިގެން މިދިޔަ މަހުގެ 18 ވަނަ ދުވަހު ރައީސް ނަޝީދު ވާނީ އިއްޒަތްތެރި މަޖިލީހުގެ އިގްތިސާދީ ކޮމެޓީ އަށް ފޮނުވާފަކަމަށާއި މިވަގުތު އެ ރިޕޯޓު އޮތީ މަޖިލީހުގެ އިގްތިސާދު ކޮމެޓީގައި ކަމަށް މަޖިލީހުގެ ރައީސް ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ އިގްތިސޯދު ކޮމެޓީ އިން އެ ރިޕޯޓަށް ބަހުސް ކުރަމުންދާ ކަމަށާއި، ކޮމެޓީ އިން ކަމާގުޅޭ އެންމެހާ ފަރާތްތަކާ މަޝްވަރާ ކުރާނެ ކަމަށެވެ.

ރައީސް ނަޝީދު ވިދާޅުވީ މިނިސްޓަރު އެދިވަޑައިގެންފައިވަނީ މަޖިލީހުގެ ލަފަޔަކަށް ކަމަށާއި، މަޖިލީހުން ކުރަން އޮތްކަމަކީ މިނިމަމް ވޭޖު ބޯޑުގެ ރިޕޯޓު ދިރާސާކޮށް، މިނިސްޓަރު އެދިވަޑައިގެންފައިވާ ގޮތަށް މިނިމަމް ވޭޖުގެ ގޮތުގައި އަދަދެއް ކަނޑައެޅުން ކަމަށެވެ.

ރާއްޖޭގައި ދެވޭ އެންމެ ކުޑަ އުޖޫރައިގެ ގޮތުގައި 6،400 ރުފިޔާ ކަނޑައެޅުމަށާއި، ޓޫރިޒަމް ދާއިރާއާއި ސިވިލް ސާވިސްގައި މަސައްކަތްކުރާ މީހުންނަށް މިނިމަމް ވޭޖުގެ ގޮތުގައި 6،400 އާ 8،600 ރުފިޔާއާ ދެމެދުގެ އަދަދެއް ކަނޑައެޅުމަށް މިނިމަމް ވޭޖު ބޯޑުން އިކޮނޮމިކް މިނިސްޓަރަށް ވަނީ ލަފާ އަރުވައިފަ އެވެ. އަދި މިނިމަމް ވޭޖު ބޯޑުން މިނިސްޓަރަށް ލަފާ ދީފައިވަނީ ކޮންމެ ފަސް އަހަރަކުން އެއް އަހަރު މިނިމަމް ވޭޖު ރިވައިސްކުރާށެވެ.

ފުރަތަމަ ފަހަރަށް އެންމެ ކުޑަމިނުން ދެވޭ އުޖޫރަ ކަނޑައަޅައި އިއުލާނުކުރުމަކީ ވަޒީފާއާ ބެހޭ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހުގެ ދަށުން ކުރާ ކަމެއް ނޫން ކަމަށް މިނިސްޓަރު ފައްޔާޒު ވަނީ ވިދާޅުވެފަ އެވެ

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.