ސެމްސަންގ ކުންފުނިން ނެރުނު އެންމެ ފަހުގެ ސްމާރޓް ފޯނު، ސެމްސަންގ އެސް 20 އަދި އެސް 20+ ޕްރީއޯޑަރ ކުރުމަށް އުރީދޫ މޯލްޑިވްސްއިން ހުޅުވާލައިފިއެވެ.

އުރީދޫއިން ޕްރީއޯޑަރ އަށް ހުޅުވާލާފައި މިވަނީ ކަސްޓަމަރުންނަށް ފޯނުބައްލަވައިގަތުމަށް ލުއިފަސޭހެޕްލޭންތަކަކާއި އެކުގައެވެ. އޭގެތެރޭގައި ފޯނު ލިބޭ އެންމެ ކުޑައަގެއްގެ ގޮތުގައި މަހަކު 1058.33 ރުފިޔާ ދެއްކެވުމަށްފަހު 12 މަހުގެ އިންސްޓޯލްމަންޓަކަށް ބަހާލައިގެން ގެލެކްސީ އެސް 20 ބައްލަވައިގަނެވޭނެ ހާއްސަޕެކޭޖެއް ހިމެނެއެވެ.

މިއޮފަރގެ ތެރެއިން އުރީދޫއިން ބައްލަވައިގަންނަވާ ކޮންމެ ސެމްސަންގެ ގެލެކްސީ އެސް 20 ސީރީޒަގެ ފޯނަކާއިއެކު، ކޮންމެ މަހަކު 2020 އެމްބީ ހިލޭ ޑޭޓާ މިއަހަރު ނިމެންދެން ލިބޭނެ ކަމުގައި އުރީދޫން ވަނީ ބުނެފައެވެ.އަދި އޯޑަރު ކުރައްވާ ކޮންމެ ސެމްސަން ގެލެކްސީ އެސް 20+ އަކާއި އެކު ގެލެކްސީ ބަޑްސް މުޅިން ހިލޭ ލިބިލައްވާނެއެވެ.

ކަސްޓަމަރުންނަސް އުރީދޫ މޯލްޑިވްސް މެދުވެރިކޮށް ސެމްސަންގ ގެލެކްސީ އެސް 20 އަދި އެސް 20 + ބައްލަވައިގަތުން ފަސޭހަކޮށްދިނުމަށް ހާއްސަ ޕޭމަންޓް ޕޭލޭން ތަކެއް ހަމަޖެހިފައެވެ.

ފުލްމޭމަންޓް ދައްކަވައިގެން ފޯން ނަންގަވާ ފަރާތްތަކަށް ސެމްސަންގ ގެލެކްސީ އެސް 20 ގެ 128 ޖީބީގެ ފޯނެއް 15،499 ރުފިޔާއަށް ލިބޭއިރު ، ގެލެކްސީ އެސް 20+ ގެ 128 ޖީބީ ގެ ފޯނެއް 17،199 ރުފިޔާއަސް ލިބޭނެއެވެ. މިޕެކޭޖްގެ ދަށުން ފޯނު ބަަައްލަވަައިގަންނަވާ އުރީދޫގެ ޕްރިޕެއިޑް އަދި ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށްވެސް މަހަކު 2020 އެމްބީ ޑޭޓާ މިއަހަރު ނިމެންދެން ލިބޭނެއެވެ.

އިންސްޓޯލްމަންޓަށް ފޯނު ނަންގަވަން ބޭނުންފުޅުވެލައްވާ ފަރާތްތަކަށް ކޮންމެ މަހަކު 1058.33 ރުފިޔާ ދައްކަވައިގެން ސެމްސަންގ ގެލެކްސީ އެސް 20 ބައްލަވައިގަތުމުގެ ފުރުސަތުވެސް ވަނީ ހުޅުވާލާފައެވެ. 12 މަސްދުވަހަށް ބަހާލައިގެން ފައިސާ ދައްކާ ހަމަކޮށްލެވޭ މި ޕްލޭން ގެ ދަށުން ނަންގަވާ ފޯނުތަކަސްވެސް އެއްއަހަހަރު ވަންދެެން މަހަކު 2020 އެމްބީ ހިލޭޑޭޓާގެ އިތުރުން އީސިމްއަށް ހިލޭ އަޕްގްރޭޑް ކުރުމުގެ ފުރުސަތުވެސް ވަނީ އުރީދޫ އިން ހުޅުވާލާފައެވެ.

މޫލޫ މެދުވެރިކޮށް ސެމްސަންގެ ގެލެކްސީ 20 ސީރީޒްތަކަށް މިހާރު ޕްރީ އޯޑަރ ކޮސްލެވޭނެކަމަށް އުރީދޫން ވަނީ ބުނެފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *