ކުރީގެ މައްޝޫރު ކުޅުންތެރިއާ ޑޭވިޑްބެކަމް ފްރެންޗައިސްއެއް ކަމަށްވާ އެމެރިކާގެ އިންޓަ މައިއޭމީ ކުލަބުން ހުށައެޅުންތައް އައި ކަމުގައިވިޔަސް، އިޓަލީގެ ޔުވެންޓަސްގައި ދޫކޮށްދާން ބޭނުންނުވާ ކަމަށް ޓީމުގެ ފޯވާޑް ކްރިސްޓިއާނޯ ރޮނާލްޑޯ ބުނެފި އެވެ.

ކުރިން މެންޗެސްޓާ ޔުނައިޓެޑަށާއި ރެއާލް މެޑްރިޑް އަދި އިންޓަ މިލާންގެ އިތުރުން ޕީއެސްޖީއަށް ވެސް ކުޅުނު ބެކަމް އިންޓަ މައިއޭމީ ގަތީ 2018 ވަނަ އަހަރުގެ ޖަނަވަރީ މަހު އެވެ.

ކުލަބެއް އެންމެ ދަށުން މައްޗަށް ނެގުމަކީ އުނދަގޫކަމެއް ކަމަށް ކުލަބާއި ހަވާލުވަމުން ބެކަމް ބުނި އިރު ދެ އަހަރުގެ ދުވަހުގެ ތަރޭގައި ބެކަމް ވަނީ އިންޓަ މައިއޭމީއަށް ރަނގަޅު ފެންވަރެއްގެ ޓީމެއް ބިނާ ކޮށްދީފަ އެވެ.

ވޭތުވެދިޔަ އަހަރުތަކުގައި އެންމެ ގިނަ ކުލަބުތަކަކުން ހުށައެޅުން އައި އެއް ކުޅުންތެރިޔާ ކަމަށްވާ އުމުރުން 35 އަހަރުގެ ރޮނާލްޑޯގެ ހިޔާލު ހުރީ ތަފާތުކޮށެވެ. ރޮނާލްޑޯ ބުނެފައިވަނީ އެމެރިކާގެ ލީގުންނާއި އެހެނިހެން ކުލަބުތަކުން ހުށައެޅުންތައް އައި ނަމަވެސް އަދި ހިޔާލު ހުރީ ޔުވެންޓަސްގައި މަޑުކުރުމަށް ކަމަށެވެ.

ރޮނާލްޑޯ ބުނީ އިންޑވިޖުއަލް ކުޅުންތެރިއެއްގެ ގޮތުގައި އޭނާ މިވަގުތު ޔުވެންޓަސްގައި ހުރީ ވަރަށް ބޮޑަށް ހިތްހަމަ ޖެހިގެންނެވެ. އަދި ޔުވެންޓަސްއަށް އައީ ގިނަ ގޯލުތަކެއް ޖަހައި ތަށިތަކެއް ހޯދުމަށް ކަމަށާއި އެކަން ދަނީ ހާސިލް ވަމުން ކަމަށް ރޮނާލްޑޯ ބުންޏެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *