ކޮރޯނާ ވައިރަސް ނުވަތަ ކޮވިޑް-19 އާ ގުޅިގެން ސްކޫލުތަކުގައި ހިންގާ އިތުރު ހަރަކާތްތައް މެދުކަނޑާލަން އެޑިއުކޭޝަން މިނިސްޓްރީން މިއަދު ސްކޫލްތަކަށް ސަރކިއުލަރ އެއް ފޮނުވައި އަންގައިފި އެވެ.

އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ސޮއިކުރައްވައި ސްކޫލުތަކަށް ފޮނުވި ސާކިއުލާއެއްގައި ބުނެފައިވަނީ ދުނިޔޭގެ އެކި ގައުމުތަކުގައި ފެތުރެމުންދާ ކޮރޯނާވައިރަސް ރާއްޖެ އައުމުގެ ފުރުސަތު ކުޑަކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން ހެޗްޕީއޭގެ ފަންނީ ލަފަޔާއެކު ކަރިކިޔުލަމުން ބޭރުން ދަރިވަރުންނަށް ހިންގާ އިތުރު ހަރަކާތްތައް މިވަގުތަށް މަޑުޖައްސާލަން ނިންމާފައިވާ ކަމަށް އެ ސާކިޔުލާގައި ބުނެފައިވެއެވެ.

އަދި މި ދުވަސްވަރު ރާއްޖެއިން ހިމަބިހި ފެންނަ އަދަދު އިތުރުވެފައިވާކަމަށާއި އިތުރު ހަރަކާތްތައް މެދުކަނޑާލި އަނެއް ސަބަބަކީ ހިމަބިހި ކޮންޓްރޯލު ކުރުންކަމަށް ސާކިޔުލާގައި ބުނެފައިވެ އެވެ.

މިނިސްޓްރީ އިން ބުނީ ކޮވިޑް 19 ޓާސްކް ފޯހުގެ ލަފަޔާއެކު ސްކޫލު ދަރިވަރުންގެ އިތުރު ހަރަކާތްތައް ކުރިއަށް ގެންދާނެގޮތް ކުރިއަށް އޮތްތަނުގައި ސްކޫލުތަކަށް އަންގަމުން ދާނެ ކަމަށެވެ.

މިއަދުން ފެށިގެން އަންނަ މެއި މަހުގެ 20 ވަނަ ދުވަހާއި ހަމައަށް އިތުރު ހަރަކާތްތައް ކުރިއަށް ނުގެންދިޔުމަށް އަންގާފައިވާއިރު އޭގެ ތެރޭގައި ހިމެނެނީ އަމަލީ ދަތުރުތަކާއި ކުޅިވަރު މުބާރާތްތައް، ޕްރެކްޓިސްތައް، ގިނަ ދަރިވަރުން ބައިވެރިވެގެން ހިންގާ އިޖުތިމާއީ ހަރަކާތްތަކާއި ސްކޫލުން ބޭރުން ކުރިއަށް ގެންދާ ޔުނީފޯމު ހަރަކާތްތައް އަދި އޯވާނައިޓު ހޭދަކުރާގޮތަށް ކުރިއަށްގެންދާ ކޭމްޕުތަކާއި ކޮންސެޓުތަކެވެ.

ކޮވިޑް ފެތުރެމުންދާ ގޮތާއި ހާލަތަށް ބަލައި ސްކޫލުތައް ބަންދުކުރަން ޖެހިއްޖެ ހާލަތެއް މެދުވެރިވެއްޖެނަމަ އެކަން މިނިސްޓްރީން ސްކޫލުތަކަށް އަންގާނެ ކަމަށް ވަނީ ބުނެފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *