އަނުޝްކާ ޝަރުމާއަކީ މޮޅު އެކްޓްރެސް އެއްގެ އިތުރުން ފެޝަން އައިކޮން އެއްވެސް މެއެވެ. ފެޝަންގެ ދުނިޔޭގައި އަނުޝްކާވެސް ހިމެނެނީ ކަރީނާ ކަޕޫރު ޚާން، ސޯނަމް ކަޕޫރު އަހޫޖާ، ކެޓްރީނާ ކައިފް އަދި ޕްރިޔަންކް ޗޯޕްރާ ޖޯނަސް އާއި އެއް ހަމައެއްގައެވެ. އަނުޝްކާ ބޭނުންކުރާ، ރީތި ހިތްގައިމު އެކި ފަރުމާތަކުގެ ހެދުމާއި، ޒީނަތްތެރި ވުމުގެ އެހެނިހެން ސާމާނުގެ ސަބަބުން ސަޕޯޓަރުންގެ ހިތްތަށް ވަނީ ފަތަހަ ކޮށްފައެވެ.

މިފަހަރު ލިސްޓަށް އިތުރުކޮށްލީ ވަރަށް އާދައިގެ ޑިޒައިނަކަށް، "ބެޓް ވިންގް" އަތެއް ލައިގެން ތައްޔާރުކޮށްފައިވާ ހުދު ކުލައިގެ ހެދުމެކެވެ. ވަރަށް ފަހުން އޮތް އިވެންޓަކަށް ލައިގެންދިޔަ، ތާނީއެޔާ ކަނޫޖާގެ ހެދުން ފެނުމާއި އެކު ބެލުންތެރިން އަވަސްވެގަތީ މި ހެދުމުގެ އަގު ހޯދުމަށެވެ. ހެދުމުގެ އަގަކީ 38،900 ރުޕީސް (8327 ރުފިޔާ) އެވެ. އިންޑިޔާގެ ކްރިކެޓްގެ ރަސްގެފާނު ވިރާޓް ކޯލީގެ އަންހެނުންނަށް މިއީ ބޮޑު ޢަދަދަކަށް ނުވާނެއެވެ.

އަނުޝްކާ އެންމެ ފަހުން ފެނިގެން ގޮސްފައިވަނީ، ޝާހުރުކް އަދި ކެޓްރިނާއާއި އެކުގައި ކުޅުނު "ޒީރޯ" އިން އެންމެފަހުން ފެނިގެން ދިޔަ އަނުޝްކާ މިވަގުތު ހުރީ ފިލްމު ކުޅުމާއި ދުރުގައެވެ. އަނުޝްކާ ބުނީ، ކައިވެނީގެ ފަހުންވެސް އެކި ފިލްމުތަކުގައި ވަރަށް ގިނަ މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށާއި، މިހާރު ބޭނުންވަނީ ދުވަސްކޮޅަކު އަރާމުކޮށްލަން ކަމަށެވެ. އަނުޝްކާ އިތުރަށް ބުނީ ފެންނަ ކޮންމެ ތަނަކުން "ދެން ސޮއިކުރަނީ ކޮން ފިލްމެއްތޯ" މީހުން ސުވާލު ކުރާކަމަށެވެ.  

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.