2000 ވަނަ އަހަރު "ކަހޯނާ ޕިޔާރު ހޭ" އިން ބޮލީވުޑަށް ނިކުތް ރިތިކް ރޯޝަން ވެސް ހޮލީވުޑަށް ދިއުމުގެ ތައްޔާރިތައް ވާން ފަށައިފިއެވެ. ރިތިކް އެންމެ ފުރަތަމަ ބޮލީވުޑަށް ނިކުތް އިރުވެސް ގިނަ ބަޔަކު ދެކޭގޮތުގައި ރިތިކްގެ އާދަޔާ ޚިލާފް ރީތިކަމާއި ފިރިހެން ވަންތަކަން، ބޮލީވުޑަށްވުރެ ދުރަށް އޭނާ ގެންދާނެއެވެ. 2019 ވަނަ އަހަރު ދުނިޔޭގެ އެންމެރީތި ފިރިހެނާގެ ލަޤަބު ލިބުން ރިތިކް ރޯޝަންއަކީ ސިފައާއި އެއްވަރަށް ހުނަރުވެސް ލިބިފައިވާ ފަންނާނެކެވެ.

2019 ވަނަ އަހަރުގެ އެންމެ ގިނަބަޔަކަށް ކަމުދިޔަ އޭނާގެ ދެ ފިލްމު " ވޯރ" އަދި "ސުޕަރ 30" ވަނީ ބޮކްސް އޮފީހުގައި ބޮޑު ކަމިޔާބެއް ހޯދާފައެވެ. އަދި ގިނަ ބައެއްގެ ތަޢުރީފް ރިތިކްގެ އެކްޓިންގ އަށް އޮއްސާލި އިރު އަނެއްބަޔަކު ތިބީ " ވޯރ'' ގައި ރިތިކްގެ ބިޔަ ހަށިގަނޑު ދައްކާލިގޮތުން އާޝޯހުވެފައެވެ.

ރިތިކް މިވަނީ އެމެރިކާގެ ކުންފުންޏަކާއި ސެލިބްރިޓި ފާރމްއަކާއި އެކު އެއްބަސްވުމެއްގައި ސޮއި ކޮށްފައެވެ. މި އެއްބަސް ވުމުގެ ދަށުން އިންޑިއަށް ސިނަމާ ދުނިޔޭގެ އެކި ކަންކޮޅުތަކަށް ފަތުރާ، ރިތިކްގެ ލީޑަރޝިޕްގެ ދަށުން، ހޮލީވުޑްގެ ޕްރޮޖެކްޓްތައް އިންޑިޔާގައި ޝޫޓުކުރުމަށާއި ހޮލީވުޑް ޕްރޮޖެކްޓްތަކަށް ރިތިކް ތަޢާރަފް ކުރުމުގެ މަސައްކަތް ކުރެވޭނެއެވެ.

ފިލްމު ޕްރޮޑިއުސަރ ރާކޭޝް ރޯޝަންގެ ދަރިފުޅު ރިތިކް ކުޅެފައިވާ މުހިންމު ފިލްމު ތަކުގެ ތެރޭގައި، ފިޒާ، މިޝަން ކަޝްމީރު، ކޮއި މިލްގަޔާ، ދޫމް-2، ޖޯދާ އަކްބަރު، ގުޒާރިޝް، ޒިންދަގީ ނާ މިލޭގީ ދޮބާރާ، އަގްނީޕަތް އަދި ކްރިޝްގެ ސިލްސިލާތައް ހިމެނެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.