ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ވިލިމާލޭ ދާއިރާ އަށް ޕީޕީއެމްގެ ޓިކެޓުގައި ވާދަކުރައްވާ ނަހުލާ އަލީގެ ކެމްޕެއިމް ޖަގަހައަށް ގެއްލުން ދީފި އެވެ.

ރޭގެވަގުތެއްގައި ނަހުލާ އަލީގެ ޖަގަހައިގެ ބިއްލުރިތައްވަނީ ކޮންމެސް ބައަކު ތަޅާލާފަ ކަމަށާއި ، ފުލުހުން މިހާރު މިކަން ތަހުގީގު ކުރަމުން އަންނަކަމަށް މައުލޫމާތު ލިބެއެވެ.

ނަހުލާ އަލީ ބުނެފައިވަނީ ކޮންމެ މީހަކު ކުރިކަމުގައިވިޔަސް މިއީ ވަރަށްދެރަކަމެއް ކަމަށެވެ.އަދި ކުރާ ފުރައްސާރަކަށް، ރައްދުކުރާ ދެރަބަހަކަށް، ދައްކަން މަސައްކަތްކުރާ ބިރަކަށް އިރާދަކުރެއްވިއްޔާ ފަހަތަށް ނުޖެހޭނެކަމަށް ވަނީ ބުނެފައެވެ.

މިމައްސަލަ ފުލުހުންގެ ސަމާލުކަމަށް އައިސްފައި ވަނީ ރޭ 3:15 ހާއިރު ވިލިމާލެތެރެ ބަލަހައްޓަމުން ދިޔަ ފުލުހުންނަށް އެ ޖަގަހަ ކައިރީ ބަޔަކު އެއްވެފައި ތިބި މަންޒަރު ފެނުމުން ވެގެން އުޅޭގޮތް ބެލުމުންކަމުގައި މައުލޫމާތު ލިބެއެވެ.ފުލުހުން ބުނީ މައްސަލާގައި ތުހުމަތު ކުރެވޭ މީހާ، އެހެން މައްސަލައެއްގެ ތުހުމަތުގައި ރޭ ހައްޔަރު ކޮށްފައިވާ ކަމަށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.